ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަލޮޅު އުތުރު ދާއިރާގެ ވެބްސައިޓު ލޯންޗުކޮށްފި

ގަލޮޅު އުތުރު ދާއިރާގެ ވެބްސައިޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގަލޮޅު އުތުރު ދާއިރާއަށް ހާއްސަ ވެބްސައިޓެއް ލޯންޗުކޮށްފިއެވެ.

މި ވެބްސައިޓު ލޯންޗުކުރީ ގޮލަޅު އުތުރުގެ ރައްޔިތުންނާއެކު ރައީސް ނަޝީދު އަދި އެ ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ވެބްސައިޓު ލޯންޗުކޮށްދެއްވީ އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދުއެވެ.

މި ވެބްސައިޓު ލޯންޗުކޮށްފައިވާއިރު، ގަލޮޅު އުތުރު ދާއިރާގެ މަންދޫބު މަޖިލީހުގައި މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް ރައްޔިތުންނަށް ބެލޭނެ ގޮތަށް ވެބްސައިޓު ވަނީ ފަރުމާކޮށްފައެވެ. އަދި މަޖިލީހުގައި މެމްބަރު ކުރާ ހުރިހާ މަސައްކަތަކާއި ސީދާ މެމްބަރަށް ގުޅޭނެ ގޮތްވެސް މި ވެބްސައިޓުގައި ވެއެވެ.

މީގެ އިތުރުން، ގައުމާއި އަދި އެކި ރޮނގު ރޮނގުން ގައުމަށް ހިދުމަތް ކުރެއްވި ގަލޮޅު އުތުރު ދާއިރާގެ ބޭފުޅުންގެ މައުލޫމާތުތައްވެސް މި ވެބްސައިޓުގައި ޝާއިއުކޮށްފައިވެއެވެ. މިއާއެކު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ގެ ލިޔުންތަކާއި، މަޖިލީހުގެ ހަބަރުތައްވެސް މި ވެބްސައިޓުގައި ވަނީ ޝާއިއުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: