ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭއައިއިން އެޑިޓްކޮށްފައިވާ ފޮޓޯތައް ޕާސްޕޯޓް ފޮޓޯ މިންގަނޑާއި ހިލާފު: އިމިގްރޭޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓަށް އެދި ހުށަހަޅާއިރު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އިލްތިމާސްކޮށްފިއެވެ. މިއީ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އޭއައި ބޭނުންކޮށްގެން އެޑިޓްކޮށްފައި ހުންނަ ފޮޓޯތަކަކީ ޕާސްޕޯޓުގެ ފޮޓޯ މިންގަނޑާ ޚިލާފު އެއްޗެކެވެ. ޕާސްޕޯޓަކީ މީހާގެ ކާކުކަން ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ލިޔުމަކަށް ވާތީ، އެ ލިޔުމުގައި ހިމެނޭ ފޮޓޯއިން މީހާގެ އަސްލު ސިފަ އެއްވެސް ބަދަލެއް ނެތި ފެންނަން ޖެހޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކަނޑައެޅިފައިވާ މިންގަނޑަށް ފެތޭ ފޮޓޯ ހުށަހެޅުމަކީ ޕާސްޕޯޓު ދޫކުރުމުގެ މަރުހަލާ އަވަސްވެގެންދާނެ ކަމެކެވެ. ނަމަވެސް، މިންގަނޑާ ޚިލާފު ފޮޓޯ ހުށަހަޅާނަމަ، އެޕްލިކޭޝަން ފޯމު ބާތިލުވެ، ޕާސްޕޯޓު ލިބުން ލަސްވުމުގެ ފުރުސަތު އޮންނާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ވަނީ ދީފައެވެ.

އެހެންކަމުން، ޕާސްޕޯޓަށް އެދި ހުށަހަޅާ ހުރިހާ ފަރާތްތަކުން ވެސް، ފޮޓޯ ނެގުމުގައާއި ހުށަހެޅުމުގައި އިމިގްރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: