ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމިގްރޭޝަންގެ ޚާއްސަ ކައުންޓަރުން ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ހިދުމަތް ލިބޭނެ: ޝައްމާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީ އުމުރުގެ ބޭފުޅުންނާއި އޮންލައިންކޮށް ޙިދުމަތް ހޯދަން އުނަގޫވާ ފަރާތްތަކަށް ވަކިން ޚާއްސަ ކައުންޓަރެއް މޯލްޑިވްސް އިމިގްރޭޝަންގައި ޙިދުމަތް ދިނުމަށް ޤާއިމްކޮށްފައިވާނެކަމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެއްޖެއެވެ.

ހޯމް ސެކްޓަރއިން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

މިބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން ކޮންޓްރޯލާރ ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވިދާޅުވީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކާއި އަދި އޮންލައިންކޮށް ޕާސްޕޯޓްގެ ޙިދުމަތަށް އެދޭ ފަރާތްތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަންގައި ކައުންޓަރެއް ޤާއިމްކުރެވި ޙިދުމަތްތައް ދެމުން އަންކަމަށެވެ.

އަދި މި ކައުންޓަރުން އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަމުގެ ތެރޭގައި ހިމެނޭ ފޮޓޯ ނެގުމާއި، ޕާސްޕޯޓް ހުށަހެޅުމަށް ބޭނުންވާ ފޯމް ފުރުމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަަމަށް ވިދާޅުވިއެވެ.

އިމިގްރޭޝަނަށް ވަޑައިގެން ޚާއްސަ ކައުންޓަރުން އެފަރާތްތަކަށް ޕާސްޕޯޓަށް ބޭނުންވާ ފޮޓޯ ނަގައިދިނުމާއި ހަަމައިން ޕާސްޕޯޓް ހުށަހަޅައިދިނުމާއި ޕާސްޕޯޓް އިޝޫކުރުމާއި ހަމައަށް ހުރިހާ މަސައްކަތްތަކެއް މި ޚާއްސަ ކައުންޓަރުން ލިބިގެންދާނެ

މީގ އިތުރުން މޯލްޑިވްސް ޕޮލިސް ސާވިސްއާއި ގުޅިގެން ރެގިއުލަރ އޮޕަރޭޝަންތަކެއް ކުރެވިފައިވާކަމަށް ޝައްމާން ވިދާޅުވިއެވެ. މި އޮޕަރޭޝަންތަކުގައި ކުއްތަކަށް އަރައިގަންނަ ފަރާތްތައް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވި، ޑޮކިއުމަންޓް އާއި ޕާސްޕޯޓް ހުރި ބައެއް ފަރާތްތައް ޑީޕޯޓް ކުރެވިފައިވާނެކަމަށް ކޮންޓްރޯލަރ ވިދާޅުވިއެވެ.

އެގޮތުން މިހާރު ބަންގްލަދޭޝްގެ 83 މީހަކު، އިންޑިޔާގެ 43 މީހަކު، ސްރީލަންކާގެ 25، ނޭޕާލް 8، ޕާކިސްތާން 1، ތައިލޭންޑްގެ 7 އަދި ފިލިޕީންސް 4، ވިއެޓްނާމް 8، ރަޝިޔާ 1، ލެޓްވިއަން 1، ބްރެޒިލް 2 އަދި ނައިޖީރިޔާ 3 މީހަކު ޑީޕޯޓްކޮށްފައިވާނެ. މީގެ ތެރޭގައި މަސްތުވާތަކެއްޗާއި އެހެނިހެން ކުއްތަަކަށް އަރައިގެންފައިވާ ބިދޭސީން ހިމެނޭ

އިމިގްރޭޝަންގެ ޙިދުމަތްތައް ފުޅާ ކުރުމަށްޓަކައި 3 އަތޮޅެއްގައި އިމިގްރޭޝަބންގެ ޙިދުމަތްތައް ދެވޭނެ ޕްލޭންތަކެއް ރޭވިފައިވާކަން ވެސް ކޮންޓްރޯލާ އޮފް އިމިގްރޭޝަން ޝައްމާން ވަނީ ނޫސްވެރިންނާއި ހިއްސާކޮށްފައެވެ. އެގޮތުން ޕާސްޕޯޓްގެ ޙިދުމަތާއި ވިސާގެ ޙިދުމަތް ފުޅާކުރުމަށް ރޭވިފައިވާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިއީ ކޮން 3 އަތޮޅެއްކަމެއް ޝައްމާން ހިއްސާކޮށްފައެއް ނުވެއެވެ. އަދި ފޭސް ދޭއްގައި ޑިޓެންޝާންގެ މޯލްޑިވްސް ކަރެކްޝަންސް ސާރވިސަސްއާއިއެކު ޤާއިމްކުރެވިފައިވާނެކަަމަށާއިއަދި މި ތަނުގައި ބައެއް ފަރާތްތައް ޑިޓެންޝަންގައި ބައިތިއްބާފައިވާކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: