ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

49 އަހަރުން ދަށުގެ މީހުންނަށް ހިމަބިހި ވެކްސިން ދޭން ފަށައިފި

ހިމަބިހި ވެކްސިން ----
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމަބިހި ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ 3 ވަނަ ފޭސްގެ ދަށުން 49 އަހަރުން ދަށުގެ، ދެ ޑޯޒް ފުރިހަމަވެފައިނުވާ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ)އިން ފަށައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތުދިން ގޮތުގައި ފޭސްތަކަކަށް ބަހާލެވިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ތިން ވަނަ ފޭސްގެ ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 49 އަހަރުން ދަށުގެ ވެކްސިން ދެ ޒޯޑް ފުރިހަމަވެފައިނުވާ ފަރާތްތަކަށެވެ.

މާލޭގައި ވެކްސިން ދޭ ތަންތަނާއި ގަޑިތައް އެޗްޕީއޭގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ވަނީ އާންމުކޮށްފައެވެ. އަތޮޅުތަކުގައި ހުންނަ މަރުކަޒުތަކުން ހިދުމަތް ދޭ ގަޑިތައް އެ މަރުކަޒަކުން ވަކިން އިއުލާނުކުރާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ބައްޔަށް ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ދެ ޑޯޒް ފުރިހަމަކޮށްފައިނުވާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 220 ކޮންޓެކްޓުންނަށް ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

މާލޭ ސަރަޙައްދުގައި އެމްއާރު ވެކްސިން ދޭ މަރުކަޒުތަކަށް ބަލާއިރު، ޔޫޕީއެޗްސީސީ، ހުޅުމާލެ ހޮސްޕިޓަލް، ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭޑީކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލް ހިމެނެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބަށް ބަލާއިރު ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަހަދުން ހިމަބިހީގެ އިތުރު 55 ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން ޖުމްލަ ރިޕޯޓުކޮށްފައިވާ ކޭސްތަކުގެ އަަދު 121 އަށް އަރާފައިވާއިރު މިހާތަނަށް ވެކްސިން ދެވިފައިވާ މީހުންގެ އަދަދު ވަނީ 5495 އަށް އަރައިފައެވެ.

ހިމަބިއްސަކީ ބަލި ޖެހިފައިވާ އެކަކުގެ ސަބަބުން 18 މީހުންނަށް މި ބަލި ޖެހިދާނެ ފަދަ ބައްޔެއް ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ. އަދި މިހާރު ރާއްޖޭގެ ގިނަ މީހުންނަކީ ވެކްސިން ޖަހާފައިވާ މީހުން ކަމަށް ވުމުން ބަލި ޖެހިފައިވާ މީހުންނަށް މީގެ އަސަރު ކުޑަކަން ފާހަގަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ މަސައްކަތްތައްވެސް މިވަގުތު ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިންނާއި ކުޑަކުދިންނަށް ވެކްސިން ދެމުންދާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ޔުނިސެފުން ކުރިން 8000 ވެކްސިން އަދި އިންޑިއާއިން 20،000 ވެކްސިން ހަދިޔާކުރި ކަމަށެވެ. މީގެ އިތުރުން ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްހީ ބައެއް ސާމާނު އިއްޔެ ވަނީ ހަދިޔާކޮށްފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: