ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޕާސްޕޯޓުގެ ހިދުމަތް އަންނަ މަހު އަލުން ފަށަނީ!

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ދެ މަހަށް ވުރެ ގިނަ ދުވަހުގެ މެދުކެނޑުމަކަށް ފަހު އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ކޮންޓްރޯލާ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓު ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް މިހާރު އޯޑަރު ދީފައިވާ ކަމަށެވެ. އަދި މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެ ކަމަށް ބެލެވޭ ކަމަށާއި، ބޭނުންވާ ސާމާނު ލިބުނުހާ އަވަހަކަށް އީ-ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލެކްޓްރޯނިކް ޕާސްޕޯޓުގެ ސްޓޮކް މެނޭޖްކުރުމަށް ޓަކައި އެ ޚިދުމަތް މެދުކަނޑާލީ މިދިޔަ މޭ މަހުގެ އަށް ވަނަ ދުވަހެވެ. އެ ދުވަހުން ފެށިގެން އާދައިގެ ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް ދޫކުރަމުން އަންނަނީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓެވެ. މިއީ ވެސް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ މިންގަނޑުތަކަށް ފެތޭ، ފަސް އަހަރުގެ މުއްދަތަށް ދޫކުރާ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ.

އަގުތަކަށް ބަލާއިރު، އާދައިގެ އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 1,000 ރުފިޔާއެވެ. ނަމަވެސް މިހާރު ދޫކުރަމުންދާ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓުގެ ފީއަކީ 600 ރުފިޔާއެވެ.

އިމިގްރޭޝަނުން ބުނީ މިހާރު ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ހައްދާ ފަރާތްތަކުން، އޭގެ މުއްދަތު ހަމަވުމުގެ ކުރިން އީ-ޕާސްޕޯޓަކަށް ބަދަލުކުރަން ބޭނުންވެއްޖެ ހާލަތެއްގައި، އެއްވެސް ”ކެންސަލޭޝަން ފީ“އަކާ ނުލައި އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: