ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއަށް މިދިޔަ އަހަރު ފައިދާވީ ރައްޔިތުނަށް އިތުރަށް ފައިސާ ބިލުކޮށްގެން: ޝަމްހީދު

ޑރ. ޝަމްހީދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއަށް މިދިޔަ އަހަރު ފައިދާވީ ކޮންމެ ގޭބިސީއަކަށް އިތުރަށް 1200 ރުފިޔާ ބިލުކޮށްގެން ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ތުހުމަތުކުރައްވައިފިއެވެ.

ޝަމްހީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކުނި މެނޭޖްކުރުމުގެ ގާނޫނުގެ އިސްލާހަށް މިއަދު ބަހުސްކުރައްވަމުންނެވެ.

ބިލަށް ބަހުސްކުރައްވަމުން ޝަމްހީދު ވިދާޅުވީ، އިސްލާހުގައި ޔުޓިލިޓީ ހިދުމަތްތަކުގެ ވާހަކަ އޮންނަ އިރު ސްޓެލްކޯގެ ކަރަންޓު ބިލު އާދަޔާ ހިޔާލަށް ބޮޑުވާ މައްސަލަ ފާހަަގަކޮށްލަންޖެހޭ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ، ސްޓެލްކޯއަށް މިދިޔަ އަހަރު 355 މިލިއަން ރުފިޔާގެ ފައިދާ ލިބުނު ކަމަށެވެ. އަދި އޭނާ ވިދާޅުވީ، އޭނާ ހިސާބު ޖެއްސެވިއިރު އެ ފައިދާ ސްޓެލްކޯއަށް ލިބުނީ ކޮންމެ ގޭބިސީއަކުން އިތުރަށް 1200 ރުފިޔާ ބިލުކޮށްގެން ކަމަށް ހާމަވި ކަމަށެވެ. އަދި ފޮރުވިފައިވާ އިތުރު ފީތައް ބިލުގައި ހިމަނައިގެން ރައްޔިތުން އަތުން އިތުރަށް ފައިސާ ނަގަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

”އަޅުގަނޑު ކުޑަކުޑަކޮށް ހިސާބު ޖަހާލިއިރު، މިއީ ކޮންމެ ގޭބިސީއަކަށް މަހަކަށް ގާތްގަނޑަކަށް 1200 ރުފިޔާ އިތުރަށް ބިލްކުރެވިފައި މި އޮންނަނީ. މިވަރު ފައިދާއެއް ސްޓެލްކޯއަށް މި ލިބެނީ 1200 ރުފިޔާ ބިލަށް، އެވަރެޖުކޮށް ބިލަށް އިތުރަށް ޖަަހައިގެން.“ ޝަމްހީދު ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ޒަރޫރީ ހިދުމަތްދޭ ކުންފުނިތަކުން ނަގާ ފީތަކަކީ މިންގަނޑުތަކެއް ކަނޑައެޅިގެން ނަގަން ޖެހޭ ފީތަކެއް ކަމަށް ޝަމްހީދު ވިދާޅުވިއެވެ. އަދި އެއީ ބޮޑެތި ފައިދާ ނަގާ ވިޔަފާރިއަކަށް ނުހެދުމަށް ގޮވާލެއްވިއެވެ.

ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅޭގޮތުން ޝަމްހީދު ވިދާޅުވީ، ކޮތަޅުން ނަގާ ދެ ރުފިޔާގެ ފީއަކީ ކުދި ވިޔަފާރިތަކަށް އޮތް ބޮޑު ތަކުލީފެއް ކަމަށާއި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅުގައި އެއްޗެހި ދޫކުރުން މަނާކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ އާންމު ރައްޔިތުން އަބަދުވެސް ފާހަގަކުރެއެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން މީގެ ކުރިން ބުނެފައިވަނީ ކަރަންޓު ބިލު ބޮޑުވަނީ ހޫނު މޫސުމުގައި އޭސީ އާއި ފްރިޖު ފަދަ ގޭތެރޭގައި ބޭނުންކުރާ ބައެއް ތަކެތިން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: