ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރު ނެތް ކަމަށް ބުނެ ވާހަކަ ފަތުރާނަމަ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ: ބީއެމްއެލްގެ ސީއީއޯ

ބީއެމްއެލްގެ ސީއީއޯ ޝަރީފް: ފޮޓޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތްް ކަމަށް ބުނެ ދޮގު މަޢުލޫމާތު ފެތުރުމަކީ ރާއްޖޭގެ މުޅި އިޤްތިޞާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ޝަރީފް މިހެން ވިދާޅުވީ ބޭންކުގެ ޚިދުމަތްތަކާއި ޑޮލަރުގެ ހާލަތާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ބޭންކުން ޑޮލަރު ދޫކުރާ މިންވަރަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، 2021 ވަނަ އަހަރާ އަޅާބަލާއިރު ބޭންކުން މަހެއްގެ މައްޗަށް ވިއްކާ ޑޮލަރުގެ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ކުރިން މަހެއްގެ މައްޗަށް 21 މިލިއަން ޑޮލަރު ވިއްކަމުން ދިޔަ ނަމަވެސް، މިހާރު އެ އަދަދު 80 މިލިއަން ޑޮލަރަށް އުފުލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވި ގޮތުގައި، ބޭންކުގެ ދިގު ތާރީޚުގައިވެސް ކަސްޓަމަރުންނަށް އެންމެ ގިނަ އަދަދަކަށް ޑޮލަރު ވިއްކާފައިވަނީ ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭގައެވެ. މިއީ ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރަށްރަށުގައި އޭޓީއެމް ބެހެއްޓުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ އެއީ ބޭކާރު ޚަރަދެއް ނޫން ކަމަށެވެ. ”އެއީ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭންކުން އަދާކުރާ ޒިންމާއެއް“ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށްވެސް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

އިޤްތިޞާދު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި 10 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 8 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ ވިޔަފާރިތަކާއި އިޤްތިޞާދީ ހަރަކާތްތައް ވަރުގަދަކުރުމަށް ބޭންކުން ދޭ އިސްކަން ހާމަކޮށްދޭ ކަމެއް ކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: