ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ މަސްރޭސް 2026: ރަޖިސްޓްރޭޝަންގެ ފަހު ތާރިހަކީ މިމަހު 21!

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން އުރީދޫ މަސްރޭސް 2026 މިއަހަރުވެސް ކުރިއަށް ގެންދަން އިއުލާނުކޮށްފިއެވެ.

މިއަހަރު މަސްރޭސް ބޭއްވުމަށް ހަމަޖެހިފައިވަނީ 7 އޮގަސްޓްގައި ކ. މާފުށީގައެވެ. މުބާރާތުގައި ބައިވެރިވުމަށް ޖުލައި 14ގައި ރަޖިސްޓްރޭޝަން ހުޅުވާފައިވާއިރު، ރަޖިސްޓްރޭޝަންގެ ފަހު ތާރީހަކީ ޖުލައި 21 ވަނަ ދުވަހުގެ ރޭ 23:59 އެވެ.

ރެޖިސްޓަރ ކުރުމަށް 12 މީހުން ހިމެނޭ ޓީމެއް (ކެޕްޓަނާއި އޮފިޝަލުން ހިމެނޭހެން) ހެދުމަށްފަހު އޮންލައިކޮށް ފޯމް ފުރުމަށް އުރީދޫއިން ވަނީ އިލްތިމާޒްކޮށްފައެވެ.

ކޮންމެ މަސް ރޭހެއްގައިވެސް ޖުމްލަ 43،000ރ ގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ ތެރޭގައި:

ޗެމްޕިއަން ޓީމް: 25000ރ

ދެވަނަ ޓީމް: 10000ރ

ތިންވަނަ ޓީމް: 5000ރ

އެންމެ މޮޅު އަންހެން އަދި ފިރިހެން މަސްވެރިޔާއަށާއި، އެންމެ ބަރު މަސްބާނާ ފަރާތަށް ވެސް 1000 ރުފިޔާގެ އިނާމު ދެވިގެން ދާނެއެވެ.

އުރީދޫ މަސްރޭހަކީ ހަމައެކަނި މުބާރާތަކަށް ވުރެ ބޮޑަށް، ފެށުނީއްސުރެވެސް މަސްވެރިކަމުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމުގެ ރޫހު އާލާކުރުވާ އަދި މުޖުތަމައުތަކުގެ ހިތްތަކުން ޖާގަ ހޯދާފައިވާ ހަރަކާތެކެވެ. އުރީދޫ މަސްރޭސް 2026 ގައި އެންމެ ގިނަވެގެން 20 ޓީމު ވާދަކުރާނެއެވެ. 20 ޓީމަށް ވުރެ ގިނައިން ރެޖިސްޓަރވެފައިވާ ނަމަ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށް މަސްރޭހުން ފުރުސަތު ދެވޭނެއެވެ.

އުރީދޫ މަސްރޭސް 2026 ގައި ސަރުކާރުގެ މުއައްސަސާތަކާއި ކޯޕަރޭޓްތަކާއި އާންމުން ބައިވެރިވުމަށް އުރީދޫ މޯލްޑިވްސް އިން މަރުހަބާ ކިޔައެވެ. އުރީދޫ މަސްރޭސް 2026ގައި ރަޖިސްޓްރީވުމަށް، މަސް ރޭހުގެ ވެބްސައިޓަށް ޒިޔާރަތްކޮށްގެން ރެޖިސްޓަރ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: