ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 26ގެ ކުރިން އާ ހިދުމަތްތަކެއް ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރަނީ

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މިމަހުގެ 26ގެ ކުރިން އާ ހިދުމަތްތަކެއް ހުޅުމާލެ ހޮސްޕިޓަލަށް އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި އެ ހޮސްޕިޓަލްގެ ސީއީއޯ ވިދާޅުވީ، އެ ހޮސްޕިޓަލުގައި ގޮހޮރާއި މައިބަދައިގެ ބަލިތަކަށް ހާއްސަ އޯޕީޑީގެ ހިދުމަތާއި ޔޫރޮލޮޖީގެ ހިދުމަތާއި، އީއީޖީގެ ހިދުމަތުގެ އިތުރުން ނާރުގެ ބަލިތަކަށް ހާއްސަ ކްލިނިކެއް ގާއިމުކުރެވޭނެ ކަމަށާއި، އަދި ގްލޮކޯމަރ ފަރުވާގެ ހިދުމަތްވެސް ފަށާނެ ކަމަށެވެ. މި ހިދުމަތްތަކާއެކު ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ފަރުވާ ހޯދުމަށް ޓަކައި އައިޖީއެމްއެޗްއަށް ނުގޮސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާއެކު ހުޅުމާލޭ ހޮސްޕިޓަލުން ލޭގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް ހަދާ ގޯލްޑް ސްޓޭންޑާޑުގެ ޓެސްޓުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވެސް ސީއީއޯ ވަނީ ވިދާޅުވެފައެވެ. އޭގެ ސަބަބުން އެޗްއައިވީ ފަދަ ޓެސްޓުތަކުގެ ނަތީޖާ އަވަސްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އޭގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ކެންސަރު ބަލީގެ ފަރުވާގެ ހިދުމަތްތައްވެސް އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ހަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލަށް މި ގެނެވޭ ބަދަލުތަކަކީ ސިއްހީ ނިޒާމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މި ހުރިހާ ހިދުމަތްތަކެއް ރަސްމީކޮށް އިފްތިތާހުކޮށް، ރައްޔިތުންނަށް ހިދުމަތް ދޭން ފެށުމަށް ޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާކަމަށް ސީއީއޯ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: