ވެންޓިލޭޓަރުތަކުގެ ފައިސާ ބަޔަކު ކާލާފައިވާ ކަމަށާއި އެ ފައިސާ ކާލި ވަގުންތައް ހޯދަން މަގުމައްޗަށް ދޫކޮށްލަންވީ ސިންގާތަކެއްކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްޠަފާ ވިދާޅުވެއްޖެއެވެ.
މިކަން ހާމަ ކުރައްވާ ހުކުރުދުވަހު މުސްޠަފާވަނީ ސިންގާތަކެއް މަގުމަތިން އަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ޓްވިޓަރގައި ޢާންމުކުރައްވާފައެވެ.
https://twitter.com/Thimarafushi/status/1248618685977096195?s=20
މުސްޠަފާ ވިދާޅުވީ، ދެން މިޤައުމު ހިފެހެއްޓޭނީ މިފަދަ ސިންގާތަކެއް މަގުމައްޗަށް ދޫކޮށްލައިގެންކަމަށެވެ.
މުސްޠަފާ ވިދާޅުވީ، ވަގުންތައް ލައިގެން އައިސީޔޫއެއް ނުހެދޭނެކަމަށާއި، ހަމައެކަނި ޖެހޭނީ 100 ފަތްޖެހިއެނދުކަމަށް ކުރިންވެސް އޭނާ ވިދާޅުވެފައިވާކަމަށެވެ.
މީގެ އިތުރުން މުސްޠަފާ ވިދާޅުވީ، ވެންޓިލޭޓަރުތައް ދިން ލާރިގަނޑު ވެސް ދިރުވައިލީކަމަށާއި، ވަގުންނަށް އެނގޭނީ ހަމަ ފޮށި ފަޅަންކަމަށެވެ. އެހެން ނަމަވެސް އެ ވިދާޅުވާ ވަގުންނަކީ ކޮންބައެއްކަމެއް މުސްޠަފާ ހާމަކުރައްވާފައެއް ނުވެއެވެ.
”ބަލަ އޭރު ވެސް މަ ބުނީމު ތިޔަ ވަގުންލާގެން ތިޔަ ބުނާ އައިސީޔޫއެއް ނުހެދޭނެއޭ، ޖެހޭނީ 100 ފަތްޖެހި އެނދު އޭ. ވެންޓިލޭޓަރުތަކާ ގަންނަންދިން ލާރިގަނޑު ވެސް ދިރުވާލީ. ވަގުންނަށް އިނގޭނީ ހަމަ ފޮށި ފަޅަން.“ މުސްޠަފާ
https://twitter.com/Thimarafushi/status/1248577970194841605?s=20
މުސްޠަފާގެ މިޓްވީޓަށް ރިޕްލައިކުރައްވަމުން ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން އަރީފް ވެސްވަނީ، ސިންގާއެއް ދައްކައިދޭ ވީޑިއޯއެއް ޢާންމުކޮށްފައެވެ.
https://twitter.com/husainaryf/status/1248624898676633601?s=20
ކޯވިޑް-19 އާއި ގުޅިގެން، ރާއްޖެ ގެނައުމަށް ނިންމާފައިވާ ވެންޓިލޭޓަރުގެ މައްސަލައިގައި ހެލްތު މިނިސްޓަރު ޢަބްދުﷲ އަމީނާއި ސުވާލުތަކެއް ކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ހައިތަމް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.
https://twitter.com/ahmhaitham/status/1248481117000224768?s=20
ވޭތުވެދިޔަތަނުގައި ސަރުކާރުންވަނީ، ރާއްޖޭގައި 200 ވެންޓިލޭޓަރު ޤާއިމުކުރުމަކީ އަމާޒެއްކަމަށް ބުނެފައެވެ. މި ގޮތުން 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ ތަކެތި ލިބުން ލަސްވަނީ، ބައިނަލްއަޤްވާމީ ދަތުރުފަތުރުތައް ހުއްޓިފައި އޮތުމުގެ ސަބަބުންކަމަށް ވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ.

