ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުލު އިންސާފަށް ހުރަސް ނޭޅުމަށް، މުހިންމު ޝަރީއަތްތަކަށް ކްރިމިނަލް ކޯޓް ހުޅުވަނީ!

ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތަކެއް ކުރިޔަށް ގެންދިއުމަށް ހަފުތާ ބަންދު ނޫން ދުވަސްތަކުގައި ކްރިމިނަލް ކޯޓް ހުޅުވަން ނިންމައިފި އެވެ.

ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމުގެ ގޮތުން، ރާއްޖޭގައި އިއުލާމުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސަރުކާރުގެ އޮފީސްތަކާއި އިދާރާތްތައް ވަނީ ބަންދުކޮށްފައެވެ. އަދި އެ ނޫންވެސް ތަފާތު އެކި މަސައްކަތްތައް ވަނީ ހުއްޓިފައެވެ.

ޝަރީއަތްތައް ކުރިޔަށް ގެންދިއުމާއި ބެހޭގޮތުން ކްރިމިނަލް ކޯޓުން އާއްމު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮވިޑް އާ ގުޅިގެން، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމުން، މިދިޔަ މަހުގެ 19 އިން ފެށިގެން ސަރުކާރު ބަންދު ކޮށްފައިވީ ނަމަވެސް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ހިދުމަތާއި ކޯޓުތަކުގެ ހިދުމަތް މެދުނުކެނޑި ރައްޔިތުންނަށް ލިބުމަކީ މުހިއްމު ކަމެއް ކަމުގައިވާތީ، އެ ކޯޓުން ކުރާ މަސައްކަތްތަކުގެ ތެރެއިން ބަންދާމެދު ގޮތެއް ނިންމުމަށް ބާއްވާ މަޖިލިސްތައް ބޭއްވުމާއި، އެކި ކަންކަމަށް ކޯޓު އަމުރު ނެރެދިނުމުގެ މަސައްކަތްތައް މެދު ކަނޑާ ނުލައި ކުރަމުން އަންނަ ކަމަށެވެ.

އެހެން ކަމުން ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ވެސް ކޮންމެހެން ހިންގަންޖެހޭ ޝަރީއަތްތަކެއް ހިންގަން ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ކުން މެންދުރުން ފަހު 3:00 އަށް ކޯޓު ހުޅުވަން ނިންމާފައިވާ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ. އަދި ޝަރީއަތްތައް ކުރިއަށް ގެންދާއިރު މީހުން ޖަމާ ނުވާނެހެން މީހުން ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީއަތްތަކާއި، ބަންދުގެ މަޖިލީސްތައް ކުރިއަށް ގެންދަން އިސްކަންދޭނެ ކަން ކްރިމިނަލް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ހުންނެވި އަލީ ރަޝީދު ސޮއި ކުރައްވާ ނެރެފައިވާ އެންގުމުގައި ދިފާއީ ވަކީލުންނަށް ވީޑިއޯ ކޮންފަރެންސްގައި ބައިވެރި ވެވޭނެ ގޮތްތައް ވެސް ބަޔާންކޮށްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: