ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހުގެ 20 ގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭންޖެހޭނެ!

ކުރިޔަށް އޮތް ރޯދަ މަހު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ރޯދަ އިނާޔަތް އޭޕްރިލް މަހުގެ 20 ވަނަ ދުވަހުުގެ ކުރިން މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން ތިންހާސް ރުފިޔާ ދޭން ޖެހެއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއި ކުރައްވާ ރޯދަ އިނާޔަތް ދިނުމާއި ބެހޭ އުސޫލާއި އަމަލު ކުރަން ހަމަޖެހިފައިވާ ގޮތް ވަނީ އާއްމު ކުރައްވާފައެވެ. އެގޮތުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒިފަކަށް ރޯދަ މަހުގެ އިނާޔަތު ފައިސާގެ ގޮތު 3،000 ރުފިޔާ ދިނުމަށް ވަނީ އަންގާފައެވެ. އަދި މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒިފުންނަށް އިނާޔަތު ފައިސާ ދޭއިރު އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތް ދިނުމަށާއި އެހެން ވަޒީފާތައް އަދާކުރާ އޮފީހަކުން އިނާޔަތު ފައިސާ ނުދިނުމަށް ވަނީ އަންގާފައެވެ.

މީގެ އިތުރުން، ރޯދަ އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފެއް ރޯދަ މަހުގެ ތިންބައިކުޅަ އެއްބައި ފާއިތު ނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމައަށްވާ ފައިސާ ފިޔަވައި އިތުރުވާ ފައިސާ އެ މުވައްޒިފެއްގެ އަތުން ހޯދުމަށް ވަނީ އަންގާފައެވެ. ރޯދަ މަހުގެ ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒިފުންނަށް އެ މުވައްޒިފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދޭންވާނެ ކަމަށް އުސޫލުގައި ވެއެވެ. އަދި ރޯދަ މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭ ގޮތަށް ޕޭ ލީވްގަ އާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒިފުންނަށް އިނާޔަތް ހަމަޖައްސައިދިނުމަށް ވެސް އަންގާފައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: