ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރަދުތައް ފޫނުބެދޭއިރު 14،000 މީހުން ކަނޑާލުމަކީ ގައުމެއްގެ އިގްތިސޯދީ ހާލަތު މިނެދޭނެ އެންމެ ރަނގަޅު މިންގަނޑު: މައުރޫފް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
ޝެއާރކޮށްލާ ކަހަލަދޯ؟

ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ހަރަދުތައް ރައްޔިތުންނަށް ފޫނުބެދިގެން އުޅޭއިރު، 14000 އެއްހާ މީހުން ވަޒީފާއިން ކަނޑާލުމަކީ ގައުމެއްގެ އިގްތިސޯދީ ހާލަތު މިނެދޭނެ އެންމެ ރަނގަޅު މިންގަނޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

ޖޮބް ބުރާސްފަތީގެ ނަމުގައި އެމްޑީޕީން ބޭއްވި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ އިގްތިސޯދީ ހާލާތާ ގުޅިގެން ދިމާވެފައިވާ މައްސަލައިގައި ރައްޔިތުންގެ ކުށަކީ ކޮބާތޯ މައުރޫފް ވަނީ ސުވާލު އުފައްދާފައެވެ. މެމްބަރު ވިދާޅުވީ މިހާލަތު ހަގީގަތުގައި ދިމާވީ ގައުމު ހިންގަން ބަޔަކަށް ރައްޔިތުން ހަވާލުކުރުމުން، އެމީހުންނަށް ސިޔާސަތު ބައްޓަންކޮށް އެކުލަވާލަން ނޭނގުމުން ކަމަށެވެ. މީގެން ރައްޔިތުންނަށް ލިބުނު ތަކުލީފަކީ ލިބޭ އާމްދަނީން ކުރާ ހަރަދު ފޫނުބެދުން ކަމަށް މެމްބަރު ވިދާޅުވިއެވެ.

މިއަދު ރައްޔިތުންނަށް ދިމާވެފައިވާ ހާލަތުގައި ހަރަދުތައް ފޫބެއްދުމަށް ޓަކައި އެކި ކަންކަން ކުރަންޖެހޭ ކަމަށާއި، އަދި ގޯސް ގޮތްތައްވެސް އިހުތިޔާރު ކުރަންޖެހެނީ ސަރުކާރުގެ ނިންމުންތައް އެހެން ހުރުމުގެ ސަބަބުން ކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ ރައްޔިތުން މިއަދު ހާލުގައި ޖެހެނީ ސަރުކާރުން ނިންމާ ނިންމުންތަކެއްގެ ސަބަބުން ކަމަށެވެ.

ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަމާއި، ބޭސް ނުލިބުމާއި ދަތުރުފަތުރު ނުކުރެވުމުގެ ނަތީޖާއަކީ ތަކެތީގެ އަގު ބޮޑުވުންކަން ރައްޔިތުންނަށް އިހުސާސްކުރެވުން ކަމަށް އޭނާ ވިދާޅުވިއެވެ.

”އިހުތިޔާރުކުރުއްވި މަގަކީ އެކަން މެދުވެރި ކުރި ފަރާތާއި ދިމާއަށް ނުގޮސް، އެހެން މަގެއް ހޯދޭތޯ މިބަލަނީ. އެއާދަ ނައްތާލެވޭތޯ ބަލަންވީ. އެހެން އަޅުގަނޑުމެން ތިބެއްޖެ ނަމަ ދެން އަޅުގަނޑުމެންނަށް ކުރިމަތި ވާނީ ދެން ލިބޭ އާމްދަނީކޮޅު ވެސް ނުލިބޭ ހާލަތު،“

މައުރޫފް ވިދާޅުވީ ރައްޔިތުން ނިކަމެތި ހާލާތުގައި ތިއްބާ އަނެއްކާވެސް 14000 މީހުން ކަނޑާލާ ވާހަކަ އަޑުއިވޭ ކަމަށެވެ. ކުއްލިއަކަށް، 14000 އެއްހާ މީހުން ވަޒީފާއިން ކަނޑާލުމުން އެއީ ގައުމެއްގެ އިގްތިސޯދީ ހާލަތު މިނެދޭނެ އެންމެ ރަނގަޅު މިންގަނޑު ކަމަށެވެ.

މައުރޫފް ވިދާޅުވީ މިހާރުވެސް ރާއްޖޭގައި 14000 އެއްހާ މީހުން ވަޒީފާ އަދާނުކުރާ ކަމަށާއި، އަނެއްކާވެސް ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ހަމަ އެހާވަރަށް މުވައްޒަފުން ކަނޑާލައިފިނަމަ ”އަންއެމްޕްލޯއިމެންޓް“ ރޭޓު ދާނީ މައްޗަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: