ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ.ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ 38 ޕަސެންޓް މަސައްކަތް މިހާރުވަނީ ނިމިފައި: އެމްޓީސީސީ

ރ.ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެތެރެއިން. ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރ.ދުވާފަރުގެ މަގުހެދުމުގެ މަޝްރޫޢުގެ 38 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓިސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ދުވާފަރުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، މަގުތަކުގައި ތާރުއެޅުމުގެ 38 އިންސައްތަ މިހާރު ނިމިފައިވާކަމަށެވެ.

28.2 މިލިއަން ރުފިޔާގެ މި މަޝްރޫޢާއި އެމްޓީސީސީން ހަވާލުވީ، މި ހުސްވި އަހަރުގެ މެއިމަހުގެ 22 ވަނަ ދުވަހުއެވެ. މި މަޝްރޫޢު 240 ދުވަހުގެތެރޭގައި ނިންމަންޖެހޭނެކަމަށް އެގްރިމަންޓުގައި ބުނެފައިވެއެވެ.

 

https://twitter.com/MTCCPlc/status/1249905468887056386?s=20

ދުވާފަރުގެ މަގު ހެދުމުގެ މަޝްރޫޢުގެ އިތުރުން، އެމްޓީސީސީންދަނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑެތި މަޝްރޫޢުތައް ހިންގަމުންނެވެ. މި ގޮތުން ބަލާއިރު، ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫޢުގެ 87 ޕަސެންޓް ނިމިފައިވާކަމަށް، މި މަހުގެ 08 ވަނަ ދުވަހު އެމްޓީސީސީންވަނީ ހާމަކޮށްފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: