ބޭރުގައުމުތަކުން ރާއްޖެއަށް އައި ދިވެހިންގެ ތެރެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި އިތުރު ދެ މީހަކު ބަލިން ރަނގަޅުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެ އިދާރާ އިން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖެ އިން ކޮވިޑް ބަލި ޖެހުނު ފަސް ދިވެހިންގެ ތެރެއިން ދެ މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އެ ދެ މީހުން ބަލިން ރަނގަޅުވެފައިވާކަން ނިންމީ ޓެސްޓުތައް ޑަބަލް ނެގެޓިވް ވުމުން ކަމަށެވެ.
ބޭރުގައުމުތަކުން ރާއްޖެއަށް އައި ދިވެހިންގެ ތެރެއިން އެންމެ ފުރަތަމަ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވި ދިވެހި މީހާ ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.
ވަސްކޮޅަކަށްފަހު ކަރަންޓީން ފެސިލީޓިގައި ހުރި ދިވެއްސައްކު މިދިޔަ އާދީއްތަ ދުވަހު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ފިލިޕީންސް އިން ރާއްޖެ އައި މީހެކެވެ. ސާމްޕަލް ނެގުމާއި ހަމައަށް އޭނާގެ ފަރާތުން އެއްވެސް ބަލީގެ އަލާމާތެއް ފެނިފައިނުވާއިރު ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ވިދާޅުވީ ދިވެހި މީހާގެ ސާމްޕަލް ނަގާފައިވަނީ 14 ދުވަހުގެ ކަރަންޓީން މުއްދަތު ހަމަވެ އޭނާ ދޫކޮށްލުމުގެ ކުރިން ކަމަށެވެ. އަދި ފެސިލިޓީގައި ހުރިއިރު ކިރިޔާވެސް ބަލީގެ އަލާމާތެއް ކުރިން ފެނުނުނަމަ އޭނާގެ ސާމްޕަލް ނަގާނެ ކަމަށް ވެސް ވިދާޅުވިއެވެ. އޭނާ މިވަގުތު ވަނީ، ފަރުވާއަށް ވެލިދޫ ކަރަންޓީން ފެސިލިޓީ އަށް ބަދަލުކޮށްފަ އެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ފިލިޕީންސްއިން އެ ދުވަހު ރާއްޖެ އައި މީހުންގެ ތެރޭގައި ފިލިޕިންސްގެ މެނީލާގައި ޑޮކްޓަރުކަމާއި ޕައިލެޓުކަން ކިޔަވަން ތިބި ދަރިވަރުންތައް ހިމެނެއެވެ.

