ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފްލެޓްތައް ކައިރިން ކުނި ނަގަން މިހާތަނަށް 13.5 މިލިއަން ރުފިޔާ ހަރަދުވެއްޖެ: އެފްޑީސީ

އެފްޑީސީ ތަރައްގީ ކޮށްފައިވާ އަމާން ފްލެޓްތަކުގެ ބޭރުގައި ކުޏި އަޅާ ފުރިފަ:
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުންދާ ފްލެޓްތަކުގެ އާންމު ސަރަހައްދުތަކުން ކުނި ނެގުމަށް މިދިޔަ އަށް މަސްދުވަހުގެ ތެރޭގައި 13.5 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ ނަގާފައެވެ. މި މަސައްކަތަށް ބޮޑު ހޭދައެއް ކުރަން ޖެހިފައިވަނީ އުސޫލުތަކާ ހިލާފަށް އާންމު ތަންތަނަށް ކުނި އެޅުމުގެ ސަބަބުންނެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި، ފްލެޓްތަކުގެ ކައިރީގައި ހުރި ހުސްބިންތަކުގައި ގިނަ އަދަދަކަށް ކާޑުބޯޑާއި، ބާ ފަރުނީޗަރު ފަދަ ތަކެތި އުކާލާފައި ހުރެއެވެ. މިފަދަ ތަކެތި އުސޫލުން ބޭރުން އުކާލުމުގެ ސަބަބުން، އެ ތަންތަން ސާފުކުރުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ހޭދަ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މިފަދަ އިހުމާލުތަކުގެ ސަބަބުން ހިނގާ ބޮޑެތި ހަރަދުތައް ކުޑަކުރުމަށްޓަކައި، ކުނި އުކާލުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އިލްތިމާސްކޮށްފައެވެ. ”ކުނި އުކާލުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް ތަބާވުމަކީ ދައުލަތުގެ ބަޖެޓުން ކުރާ މިފަދަ ބޭކާރު ހަރަދުތައް ސަލާމަތްކުރުމަށް ލިބޭނެ ބޮޑު އެހީއެއް،“ އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، ކަނޑައެޅިފައިވާ ތަންތަން ފިޔަވައި އެހެން ތަންތަނަށް ކުނި ނޭޅުމަށް އެފްޑީސީން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: