ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާން ޓަވަރުތަކުގެ އޭސީތަކުން ފެން ބޭރުވާ ހޮޅީގެ މައްސަލަ ހައްލުކުރަން އަންގައިފި

އެފްޑީސީގެ އަމާން އުދަރެސް ޓަވަރުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ހާއްސަކޮށްފައިވާ ޑްރެއިން ޕައިޕްއާ ގުޅާފައިނުވާތީ އެތަނުން ފެން ލީކުވާ މައްސަލަ ބޮޑުވެ، އެކަން ހައްލުކުރަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މުއްދަތު ދީފިއެވެ.

އަމާން ޓަވަރުތަކުގައި ހަރުކޮށްފައިވާ އޭސީ އައުޓްޑޯ ޔުނިޓްތަކުގެ ޑްރެއިން ހޮޅިތައް އެކަމަށް ހާއްސަކޮށްފައިވާ ޑްރެއިން ޕައިޕާ ނުގުޅާތީ، ޝާފްޓް ސަރަހައްދުތަކަށް ފެން އެޅި އިމާރާތާއި އެހެނިހެން ފްލެޓުތަކަށް ގެއްލުންވަމުންދާ ކަމަށް އެފްޑީސީން ކުރި އިއުލާނެއްގައިވެއެވެ. 

އެހެންކަމުން ހުރިހާ ޔުނިޓްތަކެއްގެ އޭސީ ޑްރެއިން ހޮޅިތައް ހުރީ ރަނގަޅަށް ގުޅައި ފެން ލީކުނުވާނެހެންތޯ ޔަގީންކުރުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.

އެފްޑީސީން އަންގާފައި ވަނީ ސެޕްޓެމްބަރު 12 ގެ ކުރިން އެ މައްސަލަ ހައްލުކުރުމަށެވެ.

މުއްދަތުގެ ކުރިން އެކަން އިސްލާހުނުކުރާ ފަރާތްތަކާ މެދު ހަމަޖެހިފައިވާ އުސޫލުގެ ދަށުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެފްޑީސީގެ އިއުލާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: