ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ފަށާފައި ހުރިހާ މަސައްކަތެއް ޖެހުނީ އަލުން ފަށައި ކުރިޔަށް ގެންދަން: މުއްތަލިބު

މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްތަލިބު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްދާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ ސަބަބުން، އެ މަސައްކަތްތައް އަލުން ފެށުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނުކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މުއްތަލިބު މިހެން ވިދާޅުވީ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޝްރޫއުތަކާއި ގުޅޭގޮތުން ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ސުވާލު ކުރުމުންނެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވީއިރު އެންމެ ބޮޑު ދައްޗަކަށް ދިމާވީ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ހުއްޓިފައި އޮތުމެވެ.

މުއްތަލިބު އިތުރަށް ވިދާޅުވީ، އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި އެ ކުންފުނިތަކަށް ގެއްލުން ނުވާނެ ގޮތަށް ކަންކަން ރޭވުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުން ފަށާފައިވާ ހުރިހާ މަސައްކަތްތަކެއް ވެސް މި ސަރުކާރަށް ޖެހުނީ އަލުންބަލުން ފަށައިގަންނަންކަމަށް ވިދާޅުވި އެވެ.

އަޅުގަނޑުމެން ގަބޫލުކޮށްފައި ތިބީ އޭރުގައި އޮތް ކޮންޓްރެކްޓްތަކާއެކު ކުރިއަށް ގެންދެވޭނެ ކަމަށް. އެހެންނަމަވެސް، ހުރިހާ މަސައްކަތެއްވެސް އަޅުގަނޑުމެން މި ޖެހުނީ އަލުން ފަށައިގަންނަން

މުއްތަލިބު ވިދާޅުވީ މިހާރު ހުރިހާ މަސައްކަތްތަކެއް ވެސް ފަށައިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް މިފަދަ ގޮތަކަށް ހުއްޓިފައިވާ މަޝްރޫއުތައް އަލުން ތަރުތީބުކޮށް ހިނގައިގަތުމުގައި އިދާރީ އަދި ފަންނީ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި، މި މަޝްރޫއުތައް ހުއްޓިފައި އޮތުމުގެ ސަބަބުން ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ގިނަ ދުވަސްވެ، މަސައްކަތުގެ މާހައުލަށް އައިސްފައިވާ ބަދަލުތަކެވެ. އަދި މީގެ ސަބަބުން ގިނަ ކުންފުނިތަކަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

 ހާލަތު ހުރިގޮތުން އަޅުގަނޑުމެންނަށް މި ޖެހުނީ ކޮންމެ މަޝްރޫއެއް ވަކިވަކިން ބަލައި، ކުންފުނިތަކާއެކު އަލުން މަޝްވަރާކޮށް، މަސައްކަތް ފެށޭނެ މަގު ތަނަވަސްކޮށްދޭން

މުއްތަލިބު ވިދާޅުވީ، ފެނާއި ނަރުދަމާގެ ނިޒާމަކީ ރައްޔިތުންގެ އެންމެ އަސާސީ ބޭނުންތަކާ ގުޅިފައިވާ ކަންކަން ކަމަށްވީތީ، މި މަސައްކަތްތައް ހުއްޓިފައި އޮތް އޮތުމަކީ ރަށްރަށުގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށެވެ. އެހެންކަމުން، މިހާރު ކުރަމުންދާ މަސައްކަތަކީ މަޝްރޫއުތަކަށް ބޭނުންވާ ސާމާނު ހޯދުމާއި، ސައިޓްތަކުގައި ހުރި މައްސަލަތައް ހައްލުކޮށް، ހަލުވި މިނެއްގައި މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގެ އަމާޒަކީ މިހާރު ފެށިފައިވާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންގޮސް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމުތައް ގާއިމުކޮށް ނިންމުމެވެ. މި މަސައްކަތުގައި ދިމާވާ މާލީ އަދި ފަންނީ ހުރަސްތައް ގިރާކުރުމަށް ކަމާބެހޭ ހުރިހާ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: