ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ހިއްކަނީ ދައުލަތުން ހަރަދުކޮށްގެން، އެކަމަކު ބިމު ކުލި ދައުލަތަށް ލިބޭނެ ގޮތެއް ނެތް: ދީދީ

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމްދީދީ/ ފޮޓޯ: މަޖިިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފަޅުތައް ހިއްކައިގެން ތަފާތު ބޭނުންތަކަށް ބޭނުންކުރަމުންދާއިރު، އެފަދަ ތަންތަނާ ބެހޭ ހަރުދަނާ ގާނޫނީ އުސޫލުތަކެއް ވުޖޫދުގައި އޮތުމަކީ ދައުލަތަށް ނުހަނު ބޭނުންތެރި ކަމެއްކަމަށް ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

ދީދީ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި ފަޅުތަކާ ބެހޭ ބިލަށް ބަހުސް ކުރައްވަމުންނެވެ. ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ހުށަހެޅުއްވި މި ބިލު ހުށަހެޅުއްވި މަގްސަދެއްކަމަށް ވަނީ މިހާރު އަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ޤާނޫނު އުވާލައި، ޒަމާނީ ނިޒާމެއްގެ ތެރެއިން ރަށްތަކާއި ފަޅުތައް ބެލެހެއްޓުމަށެވެ.

މިއަދު ކުރިއަށްދިޔަ ބިލުގެ ބަހުސްގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހިމް ދީދީ ވިދާޅުވީ، ރާއްޖޭގެ ފަޅުތައް ހިއްކައިގެން މިހާރުވެސް ވިޔަފާރި އާއި، ސިނާއީ މަސައްކަތްތަކާއި އަދި ޢުމްރާނީ ތަރައްޤީގެ އެކި ބޭނުންތަކަށް ބޭނުންކުރަމުންދާ ކަމަށެވެ. އެހެންކަމުން ސަރުކާރުން މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަކީ މިކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި ވަރަށް މުހިންމު ބިލެއްކަން ފާހަގަކުރެއްވިއެވެ.

ދީދީ ވިދާޅުވި ގޮތުގައި މީގެ ކުރިން މިފަދަ ކަންކަމުގައި ހަރުދަނާ ގާނޫނެއް ނެތުމުގެ ސަބަބުން ގިނަ ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. އެގޮތުން ފެރީގެ ނިޒާމު ގާއިމުކުރުމަށާއި އެހެނިހެން ކަންކަމަށް ފަޅުރަށްތައް ދޫކޮށްފައި ހުރި ނަމަވެސް، އެކަންކަން ކުރިއަށްދަނީ އެންމެ އެދެވޭ އުސޫލެއްގެ ތެރެއިން ނޫންކަމަށް ވިދާޅުވިއެވެ.

ވަކި ނިޒާމެއްގެ ތެރެއިން ރާއްޖެ ތަރައްގީވެގެންދާއިރު، ރާއްޖޭގެ މިހިރަ ރަށްތަކާއި ފަޅުތައް، ވަކި އުސޫލެއްގެ ތެރެއިން ވަކި ކަންކަމަކަށް ބޭނުންކުރެވޭ ގޮތަށް ކަނޑައެޅިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް

މި ބިލު ގާނަކަށް ވުމުން ފަޅުރަށްތަކާއި ފަޅުތައް ޓޫރިޒަމަށާއި، ސިނާޢީ ބޭނުންތަކަށް އަދި ބިން ހިއްކައިގެން މީހުން ދިރިއުޅުމަށް ބޭނުންކުރާނެ ވަކި އުސޫލުތަކެއް ކަނޑައެޅިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ބިން ހިއްކުމަށް ދައުލަތުން ބޮޑެތި ހަރަދުތަކެއް ކުރާއިރު، އެ ބިންތަކުން ލިބޭ ކުލި ދައުލަތަށް ނުލިބި، ކައުންސިލްތަކަށް ލިބޭ ގޮތަށް އޮތުމުގެ ކަންބޮޑުވުން އެބައޮތްކަމަށް ދީދީ ވިދާޅުވި އެވެ. އެގޮތުން މިސާލެއްގެ ގޮތުން ދީދީ ދެއްކެވީ ވެހިކަލް ފީގެ މައްސަލައެވެ. 2023 ވަނަ އަހަރުން ފެށިގެން ވެހިކަލް ފީ ކައުންސިލްތަކަށް ލިބޭއިރު، މަގުތައް ހެދުމާއި މަރާމާތުކުރުމުގެ ބުރަ އުފުލަން ޖެހެނީ ސަރުކާރުންކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: