ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުވާލު ގިނަވެ މަޖިލީހުގައި އެކަން އެޖެންޑާ ނުވުން އެއީ އަޅުގަނޑު ޒިންމާވާންޖެހޭ ކަމެއް ނޫން: މުއްތަލިބް

ޝެއާރކޮށްލާ ކަހަލަދޯ؟

މެމްބަރުން ހުށައަޅުއްވާފައިވާ ސުވާލުތައް ގިނަވެގެން ކިޔުގައި ތިބެންޖެހި، މަޖިލީހުގައި އެ ސުވާލުތައް އެޖެންޑާ ނުކުރުމަކީ މިނިސްޓަރު ޒިންމާވާންޖެހޭ ކަމެއް ނޫން ކަމަށް ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ހުށަޅުއްވާފައިވާ ސުވާލެއްކަން ފާހަގަކުރައްވާ ކެންދޫދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ހުށައެޅުއްވި ސުވާލަށް މިނިސްޓަރ ވަނީ ޖަވާބުދެއްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވާ މުއްތަލިބް ވިދާޅުވީ ބޭނުންވާ އެންމެ ބާރު ސްޕީޑުގައި މަސައްކަތްތައް ނުވަތަ މަޝްރޫއުތައް ނުދާ ކަމަށާއި އެހެންނަމަވެސް މަސައްކަތްތައް ވީހާވެސް އަވަހށް ނިންމުމަށްޓަކައި އަމާޒުހިފައިގެން ކަންކަން ކުރިއަށް ގެންދާ ކަމަށެވެ. މުއްތަލިބް ވިދާޅުވީ 20 ރަށެއްގެ މަޝްރުއު ފެނަކައާއި ހަވާލުކުރިއިރު އެ ކުންފުންޏަކީ އެފަދަ މަސައްކަތްތައް ކުރުމުގެ އެއްވެސް ތަޖުރިބާއެއް ހުރި ކުންފުންޏެއް ނޫން ކަމަށެވެ.

އެއަށްފަހު މަޝްރޫއުތައް ހަވާލުކޮށް، ރާއްޖޭގެ ކުންފުނިތަކަށް ސަބްކޮންޓްރެކްޓު ކުރިއިރު އޭގެތެރެއިންވެސް ތަޖުރިބާ ނެތް ކުންފުނިތައް ހުރި ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެއަށްފަހު އެޑްވާންސް ފައިސާއި ދިނުމާއި، އެ ކުންފުނިތަކުން ވަކި ހިސާބަކަށް ގޮސް މަސައކްތަްތައް ހުއްޓާލުމާއި އެފަދަ ކަންކަން ހިނގައިގެން ދިޔައިރު، ޕީއެންސީގެ ވެރިކަން ފެށުމަށް ގާތްވިއިރު، ހުރިހާ މަޝްރޫއުއެއް ހުއްޓުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ ދެން މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެން އަޅުގަނޑުމެން ޓާމިނޭޓްކޮށްފައި އެމްޓީސީސީއަށް ހަވާލުކުރީ. އަދި ފާހަގަކޮށްލަން ބޭނުންވޭ މާލިއްޔަތު ގަވައިދުގައި މަނާކަމެއް މުޅި މަޝްރޫއުއ ެއްކޮށް ސަބްކޮންޓްރެކްޓު ކުރުމަކީ“

މުއްތަލިބް ވދިާޅުވީ މާލިއްޔަތު ގަައިވައިދާ ހިލާފަށް ފެނަކައިން ހުރީ މުޅި މަޝްރުއު އޮތް ގޮތަށް ސަބް ކޮންޓްރެކްޓް ކޮށްފައި ކަމަށެވެ. ރައްޔިތުންނަށް ހިދުމަތް ދިނުަމށް ލަސްތަކެއް ވަމުންދަނީ ކުރީ ސަރުކާރުން ހަދާފައިވާ ހަޑިއެއްގެ ސަބަބުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: