ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އުޅުއްވަނީ ”ފެންޓަސީ ވޯލްޑެއްގައި“؛ ވައުދު ފޮތުގައި ހުރި ކަންކަން 2 އަހަރު ތެރޭގައި ނިންމޭނެ އެއްވެސް ގޮތެއް ނެތް“ ދީދީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އުޅުއްވަނީ ”ފެންޓަސީ ވޯލްޑެއް“ގައި ކަމަށާއި ބާކީ އޮތް 2 އަހަރުގެ ތެރޭގައި 2029ވަރަކަށް ވައުދު ނިންމޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ދީދީ ވިދާޅުވީ  ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިވަން ދުވަހު ދެއްކެވި ވާހަކަފުޅަކީ ރައީސް 2023 ވަނަ އަހަރު ވެރިކަމާއި ހަވާލުވެވަޑާއިތުމަށް ދެއްކެވި ފަދަ ވާހަކަތަކެއް ކަމަށެވެ. ކުަރންޖެހޭ ކަންކަމާއި، ހުއްޓިފައިހުރި މަޝްރޫއުތައް ފައްޓާނެ ގޮތާއި، ފައިސާ ހޯދާނެ ގޮތާއި އަދި ބޭރުން އެހީ ހޯދާނެ ގޮތްތަކާއި މިއީ މީގެކުރިންވެސް ރައީސް ދެއްކެވި ވާހަކަފުޅެއް ކަމަށް ދީދީ ވިދާޅުވިއެވެ.

އެ ވައުދަށް ބަރޯސާވެގެން ވަރަށް ގިނަ ބަޔަކު ވޯޓު ދިން ކަމަށާއި، އެހެންނަމަވެސް ހަގީގަތަކީ ދެ އހަަރާއި ބައި ވެގެންދިޔައިރު ރާއްޖޭގެ އެއްވެސް ރަށެއްގގައި އެއްވެސް ކަމެއް ނުވާ ކަަމަށް މެމްބަރު ވިދާޅުވިއެވެ.

ދީދީ ވިދާޅުވީ އޭރު ރައީސް ދެއްވި ޔަގީންކަމަކީ އެއީ ވައުދައް ފޮތެއްގެ ސިފައިގައި ޕްރިންޓުކޮށް ރަށްރަށަށް ފޮނުވުމާއި، ގާތްގަނޑަކަށް 2029 ވައުދެއް އޭގައިވެސްވާ ކަމަށެވެ. މީގެކުރިން ރައީސް ދެއްކެވި ވާހަކައާއި އެމަނިކުފާނު ކުރެއްވި ކަންކަމާއި އެއްވެސް ގުޅުމެއް ނެތް ކަމަށް ދީދީ ވިދާޅުވިއެވެ.

”އަދިވެސް އެމަނިކުފާނު ހުންނެވީ ފެންޓަސީ ވޯލްޑެއްގައި. އެމަނިކުފާނު ވިދާޅުވާ ކޮންމެ ބަހަކީ ދިވެހި ރައްޔިތުން ގަބޫލުކުރާނެ ކަމެއްގެ ގޮތުގައި ވިސްނައިގެން ކަންނޭގެ. ކިހިނެތްތޯ ކުރި އޮތް 2 އަހަރުގެ ތެރޭގައި ކަންތައްތައް ކުރެވޭނީ“

ދީދީ ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރ މުއްތަލިބަށްވެސް 2024 ވަނަ އަހަރު ވިދަޅުވި އެއްވެސް ކަމެއް ނުހިނގަނީ ކީއްވެތޯ ސުވާލު ކުރެއްވި ކަމަށާއި އެކަމަށް ލިބިވަޑައިގެން ޖަވާބަކީ ފަންޑު ހޯދޭނެ ގޮތެއް ނެތުން ކަމަށާއި، ފަންޑު ލިބުނީމާ އެފަދަ ކަންކަން ކުރައްވާނެ ކަމަށެވެ.

އެހެންނަމަވެސް ފަނޑުވެސް ލިބޭނެ ގޮތެއްވެސް ވިދާޅުނުވާ ކަމަށައި، ރައީސް މުއިއްޒު ބޭނުންފުޅުވާ މިސްރާބަށް ދެވޭނެ އެއްވެސް ގޮތެއް ފެންނާން ނެތް ކަަމަށް ދީދީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: