ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ސިޓީގެ ނޭޗަރ ޕާކުތައް މަރާމާތުކޮށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

އައްޑޫ ސިޓީގެ ނޭޗަރ ޕާކުތައް މަރާމާތުކޮށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ފަށައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އެ ތަންތަނުގެ ފެންވަރު މަތިކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން އައްޑޫގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ.

މި މަސައްކަތް ހަވާލުކުރި ކޮންޓްރެކްޓަރުން މިހާރު ވަނީ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް މޮބިލައިޒްވެ، އަމަލީ މަސައްކަތްތައް ފެށުމަށްޓަކައި ސައިޓުތައް ފާހަގަކޮށްފައެވެ. މިއީ އައްޑޫގެ ތިމާވެށި ރައްކާތެރިކޮށް، ފަތުރުވެރިންނާއި އާންމުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢަކީ ގުލޯބަލް ފަންޑު ފޯ ކޮރަލް ރީފްސް އާއި އޮސްޓްރޭލިއާ އެއިޑްގެ ގެ ދީލަތީ އެހީތެރިކަމާއެކު، ޔޫއެންޑީޕީ  އިން ތަންފީޒުކުރާ މަސައްކަތެކެވެ. މި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއެކު ކުރިއަށްދާ މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ އައްޑޫގެ ގުދުރަތީ ރީތިކަން ހިމާޔަތްކުރުމާއި، ޕާކުތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމެވެ.

މި މަސައްކަތުގެ ސަބަބުން އައްޑޫ ސިޓީގެ އިކޯ-ޓޫރިޒަމް އިތުރަށް ކުރިއަރައިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: