ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ”ދަތިވެއްޖެ“ އިހުތިޖާޖު އޮގަސްޓް 13 އަށް ފަސްކޮށްފި

އެމްޑީޕީގެ ލީޑަރޝިޕް -- ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ”ކަޅު ހުކުރު“ ދުވަހާ ދިމާކޮށް އޯގަސްޓު މަހުގެ 12 ވަނަ ދުވަހު ވެރިރަށް މާލޭގައި ބޭއްވުމަށް ނިންމި ބޮޑު މުޒާހަރާ ފަސްކޮށްފިއެވެ.

އެމްޑީޕީން ބުނެފައިވަނީ، ”ދަތިވެއްޖެ“ އެ ޝިއާރުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ އިހުތިޖާޖުގެ ތާރީޚާއި ވަގުތަށް މިހާރު ބަދަލު ގެނެވިފައިވާ ކަމަށެވެ. އެގޮތުން، އެ ހަރަކާތް ދެން ކުރިއަށްދާނީ އޮގަސްޓް 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ކަމަށާއި އެ އިހުތިޖާޖު ފެށުމަށް ހަމަޖެހިފައިވަނީ މަޖީދީމަގު، ސޯޝަލް ސެންޓަރު ކުރިމަތިން ކަމަށްވެސް އެ ޕާޓީން މައުލޫމާތުދެއެވެ.

އެ މުޒާހަރާ ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލެމުންދާތީއާއި، އާންމު ރައްޔިތުންނަށް ދިރިއުޅުމުގައި ކުރިމަތިވަމުންދާ ދަތިތަކާ ގުޅިގެން ސަރުކާރަށް އަޑު އިއްވުން ކަމަށް އެޕާޓީން ބުނެއެވެ. ޚާއްސަކޮށް އާންމު ރައްޔިތުންގެ ޖީބަށް ބާރުބޮޑުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރުން މި ހަރަކާތުގައި ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަސާސީ ކާބޯތަކެތީގެ އަގު ވަނީ އަށް ޕަސެންޓަށް އުފުލިފައެވެ. މީގެ އިތުރުން، އާންމު ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ގޭހާއި ތެލުގެ ބާވަތްތަކުގެ އަގުވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

އިގްތިސާދީ ގޮންޖެހުންތަކާ ގުޅޭގޮތުން އެމްޑީޕީން ފާހަގަކޮށްފައިވާ ގޮތުގައި، ކާބޯތަކެތީގެ އިތުރުން ބޭރު ފައިސާ ނުވަތަ ޑޮލަރުގެ އަގު 20.20 ރުފިޔާއަށް އުފުލިފައިވުމަކީ ދިވެހި އާއިލާތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެކަމުގެ ސަބަބުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހިފައިވާކަމަށް އެ ޕާޓީން ބުނެއެވެ.

އޯގަސްޓު 13 ގައި ބާއްވާ މުޒާހަރާއަކީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ފާޑުކިޔުމާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހާމަކުރުމަށް ބާއްވާ ސިލްސިލާ ހަރަކާތްތަކުގެ ބައެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: