ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީސް ޗުއްޓީއަށް ދިއުން ފަސްކޮށް ދައުރު ދަންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން : ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ހިންގަމުން މިދާ މިއަހަރުގެ ދެވަނަ ދައުރު މިމަހުގެ 20ވަނަ ދުވަހާ ހަމައަށް އިތުރުކުރަން ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވަނީ މަޖިލީހުގައި ކުރަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރިކަން ފާހަގަ ކުރައްވާ މި ދައުރުގެ ޗުއްޓީ ފެށުން ފަސްކުރުމަށް ހުށައަޅުއްވާފައެވެ. އެ ހުށައެޅުން ފާސްކުރުމާއިމެދު ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 58 މެމްބަރުންވަނީ ދައުރު ދަންމާލަން ފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. އެހެން ކަމުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މަޖިލީހުގެ މި ދައުރުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާގޮތުން ކޮންމެ އަހަރަކުވެސް 3 ދައުރަކަށް ބަހާލައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާނެއެވެ. އެގޮތުން ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މެއި 15ގެ ނިޔަލަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ދެވަނަ ދައުރު ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15ވަނަ ދުވަހާ ހަމައަށް ކުރިއަށްދާއިރު ތިންވަނަ ދައުރުގެ ޖަލްސާތައް ކުރިއަށްދާނީ އޮކްޓޯބަރު މަހުގެ އެކަކުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށެވެ. އެހެންކަމުން ގަވާއިދުގައިވާގޮތުން މިއަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް އަންނަ ހޮނިހިރު ދުވަހަށް ނިންމަންޖެހެއެވެ. ދައުރު ހަމަވި ނަމަވެސް މިމުއްދަތުގެ ތެރޭގައި މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު މަސައްކަތްތައް ނުނިމޭނަމަ އެ ދައުރެއްގެ މުއްދަތު އިތުރުކުރެއެވެ. މިގޮތަށް ދައުރުގެ މުއްދަތު އިތުރު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނަގާ ވޯޓަކުން ފާސްކޮށްގެންނެވެ.

މަޖިލީސް ޗުއްޓީއަށް ދިއުން ފަސްކުރިއިރު މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ތާވަލު ކުރެވިފައެވެ. އޭގެ ތެރޭގައި ލާމަރުކަޒީ ޤާނޫނަށް ގެންނަން ނިންމާފައިވާ މުހިންމު އިސްލާޙަކާއި ބޭރުފައިސާގެ ގާނޫނުގެ ދަށުން ރިސޯޓުތަކުން ބޭރުފައިސާ މާރުކުރުމުގައި ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަށް ގާނޫނުގައި ދީފައި އޮތް އިހުތިޔާރު އުވައިލާ ރިސޯޓުތަކަށް މާރުކުރުމުގައި އޮންނަ ހަމައެކަނި އިހުތިޔާރަކީ އާމްދަނީގެ 20 އިންސައްތަ މާރުކުރުންކަމަށް ބަދަލުކުރަން ގާނޫނު އިސްލާހު ކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: