ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންސަރު ފަރުވާއަށް ބޭނުންކުރާ ނަކަލު އިންޖެކްޝަނެއް އެތެރެކޮށްފައި ވާތީ، އެ ބޭނުން ނުކުރަން އެމްއެފްޑީއޭއިން އަންގައިފި

ރޯޝަނީ ބިލްޑިންގައި ހިންގާ ހެލްތު މިނިސްޓްރީ/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކެންސަރު ބަލީގެ ފަރުވާގައި ބޭނުންކުރާ ބޭހެއްގެ ފޭކު ނުވަތަ ނަކަލު އިންޖެކްޝަންތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާތީ، އެ ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފި އެވެ.

އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ”ސްވޯޑްސް ލެބޯޓްރީސް އަންލިމިޓެޑް“ އިން އުފައްދާފައިވާ ”ނިވޮލުމަބް“ އިންޖެކްޝަންގެ ބެޗް ނަންބަރު 8081399 ގެ ނަކަލުތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ.

މިއީ އަމިއްލަ ފަރާތަކުން ރާއްޖެއަށް ގެނެސްފައިވާ ބޭހެއްކަމަށާއި، މި ބެޗުގެ އިންޖެކްޝަން ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއްކަމަށް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

މި ބޭސް ރާއްޖެއަށް ގެނެސްފައިވަނީ އަމިއްލަ މީހެއްގެ ބޭނުމަށް ނަމަވެސް، ރާއްޖޭގެ އެއްވެސް ފާމަސީއަކުން މިހާތަނަށް މި ބޭސް ފެނިފައެއް ނުވެއެވެ.

މީގެ އިތުރުން، ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އެހެން ބޭހެއް ކަމަށްވާ ”ޑާޒަލެކްސް“ ގެ ފޭކު ބެޗްތަކެއް ރާއްޖެއާއި މެކްސިކޯއިން ފެނިފައިވާތީ، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދާދިފަހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ”ޑާޒަލެކްސް“ އަކީ އާންމުކޮށް ކަށީގެ ކެންސަރުގެ ބާވަތެއް ކަމަށްވާ ”މަލްޓިޕަލް މައިލޯމާ“ އާއި ލޭގެ ބައްޔެއް ކަމަށްވާ ”އެމިލޮއިޑޯސިސް“ އަށް ފަރުވާކުރުމަށް ބޭނުންކުރާ ބޭހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: