ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ސަމާއު އަހްމަދު ނަޖީބުގެ ދައުރު ހަމަވާތީ، އެ މަގާމަށް އާ މެންބަރަކު އައްޔަންކުރުމަށްޓަކައި ދެ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އެޗްއާރްސީއެމްގެ ހުސްވާ މެންބަރުކަމުގެ މަގާމަށް ރުހުން ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ ޝައްމޫން ހަމީދު އަދި މިހާރުވެސް އެ މަގާމުގައި ހުންނެވި ސަމާއު އަހްމަދު ނަޖީބު ގެ ނަމެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ނަންތައް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ އަށް ފޮނުވާފައެވެ. އެ ކޮމިޓީން މި ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށްފަހު، ނިންމާ ގޮތެއްގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.

