ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާޒީ އިހުސާން ސަސްޕެންޑްކުރީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް: ޖޭއެސްސީ

ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާން
ޝެއާރކޮށްލާ ކަހަލަދޯ؟

ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާން ސަސްޕެންޑްކުރީ އޭނާއަށް ތުހުމަތުކުރާ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ޖޭއެސްސީން ބުނީ އިހުސާން ވަގުތީގޮތުން މަސައްކަތުން އެކަހެރިކޮށްފައި ވަނީ އޭނާގެ މައްޗަށް ރައްދުވާ ގޮތަށް އެ ކޮމިޝަނަށް ހުށަހެޅި ޖިންސީ ފުރައްސާރައިގެ ތުހުމަތު ހިމެނޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ކޮމިޝަނުގެ ތަހުގީގީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކުރަންޖެހޭ އެންމެހާ ކަންކަން ކަށަވަރުކުރުމާއެކު އިހުސާންގެ ބަޔާން ނަގައި ތަހުގީގަށް ބޭނުންވާ އިތުރު ފަރާތްތަކެއްގެ ބަސް ވެސް ވަނީ ހޯދައިފައެވެ.

މީގެ ކުރިން ޖޭއެސްސީން އާއްމުކޮށްފައިވާ މައުލޫމާތުގައިވަނީ ސިވިލް ކޯޓުގެ ޤާޟީ ޢަބްދުﷲ އިޙްސާންއާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި، މިހާތަނަށް ލިބިފައިވާ މަޢުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.

މިއީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ތ) އަށް ހަވާލާދީ، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން، ޤާނޫނުގެ 25 ވަނަ މާއްދާގެ (ލ) ގައިވާ ގޮތުގެ މަތީން 19 އޮގަސްޓު 2026 ވަނަ ދުވަހުން ފެށިގެން ގާޟީ އިޙްސާން، ވަގުތީގޮތުން 60 ދުވަހަށް މަޤާމުގެ މަސައްކަތުން ދުރުކުރުމަށް ފެންނަކަމަށް  ކޮމިޝަނުން ނިންމާފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އިހުސާންއަކީ ކްލަބް ލެގޫންސްގެ މައްސަލަައިގައި ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ޠަލާލްގެ މައްޗަށް އަމުރުތަކެއް ނެރުނު ގާޒީކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: