ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުށަހަޅާފައިވާ ޖޫރިމަނާތަކަކީ ގާނޫނުގައި މިހާރު ވެސް އޮތް އެއްޗެއް، މައްސަލައަކީ ތަންފީޒުނުވުން: އަންޑޭ

ރާއްޖޭގެ ނޫހަކަށް އަންޑޭ ދެއްވި އިންޓަވިއުއެއްގެ ތެރެއިން --
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ވެސް އެމްއެމްއޭގެ ގާނޫނު އޮތީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ވިއްކައިފިނަމަ ޖޫރިމަނާކުރެވޭ ގޮތަށް ކަމަށާއި މައްސަލައަކީ ތަންފީޒުނުވުން ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު (އަންޑޭ) ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި އަންޑޭ މިހެން ވިދާޅުވީ، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެ ވިއްކާނަމަ ޖޫރިމަނާކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާގެ ބިލު މާލިއްޔަތު ކޮމިޓީން އިސްލާހުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ، މިހާރު އޮތް އެމްއެމްއޭގެ ގާނޫނުގެ 24 ވަނަ މާއްދާގައި ވެސް ހަމަ އެ ޖޫރިމަނާގެ ވާހަކަ އެބަ އޮތް ކަމަށެވެ. އެހެންނަމަވެސް، ޖެހޭ މައްސަލައަކީ ގާނޫނު ތަންފީޒުނުކުރެވުމުގެ މައްސަލަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވި މާއްދާގައިވަނީ، އެކްސްޗޭންޖު ރޭޓުގެ ނިޒާމު އެމްއެމްއޭގެ ލަފައާއެކު ކަނޑައަޅަންވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ. އެ ނިޒާމު ތަންފީޒުކުރުމަށް ޓަކައި އެކްސްޗޭންޖު ރޭޓު އަދި އެކްސްޗޭންޖު ރޭޓާ ގުޅޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކުރަންވާނީ އެމްއެމްއޭއިން ކަމަށް ވެސް އެ މާއްދާގައިވެއެވެ.

އޭގެ އިތުރުން، އެ މާއްދާގެ (ށ)ގައި ވަނީ ވަކި ބޭރު ފައިސާއެއް ގަންނަ އަގާއި ވިއްކާ އަގު ކަނޑައަޅާފައިވާނަމަ، އެ އަގު ނޫން އެހެން އަގެއްގައި އެ ބޭރު ފައިސާ ގަނެ ވިއްކުމަކި މަނާ ކަމެއް ކަމަށެވެ. އަދި އެ އޮތޯރިޓީގެ ހުއްދަ ނެތި އެ މުއާމަލާތްތަކުން އިތުރު ކޮމިޝަނެއް ނުވަތަ އެއްވެސް ފައިދާއެއް ނެގުމަކީ މަނާކަމެއް ކަމަށް ވެސް ވެއެވެ.

އެ މާއްދާގައި ބުނާ ކުށް ކޮށްފިނަމަ، 10،000 ރ. އާއި އެއް މިލިއަން ރުފިޔާ ނުވަތަ 10،000 ރުފިޔާ އާއި އެ މުއާމަލާތެއްގައި ހިމެނޭ ފައިސާގެ އަދަދުގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާކުރުމުގެ އިހްތިޔާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް ވެސް ގާނޫނުގައި އޮވެއެވެ.

1981 ވަނަ އަހަރު އަަމަލުކުރަން ފެށި އެ ގާނޫނުގައި އެގޮތަށް ބަޔާންކޮށްފައިވާނަމަވެސް، ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ފާޅުގައި ހިންގަމުން ދިޔަ ނަމަވެސް، ގާނޫނުގައި އޮތް ފިޔަވަޅުތައް ތަންފީޒެއް ނުކުރެއެވެ.

ފަންނީ ބޭފުޅުންގެ ލަފާ ހޯދުމެއް ނެތި، މަޖިލީހަށް ހުށަހަޅާފައިވާ ބޭރު ފައިސާގެ ބިލަށް އިއްޔެ މާލިއްޔަތު ކޮމިޓީން ބަދަލު ގެނެސްފައިވާއިރު، އެ ބިލުގައި ހިމަނާފައިވަނީ، އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑުކޮށް ބޭރު ފައިސާ ގަނެ ވިއްކާ ނަމަ 25،000 ރ. އާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އެމްއެމްއޭގެ ރަސްމީ ރޭޓަށް ވުރެ ބޮޑު އަގެއްގައި ބޭރު ފައިސާ ވިއްކުން އިސްތިހާރުކުރުމަށް ނުވަތަ އެކަމަށް ހިތްވަރުދިނުމަށް ނުވަތަ ފެތުރުމަށް ޓަކައި ޑިޖިޓަލް ވަސީލަތަކުން ނުވަތަ ފްލެޓްފޯމަކުން އާންމުކޮށް އެފަދަ މައުލޫމާތު ފެތުރުމާއި ޝާއިއުކުރުމާއި ތަކުރާރުކުރުމާއި ފޯރުކޮށްދިނުމަކީ ވެސް ކުށެއް ކަމަށް ހަދަން އިސްލާހު ހުށަހަޅާފައިވެއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ބިލުގައި ހިމަނާފައިވަނީ 25،000 ރ. އާއި 500،000 ރ.އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: