ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫގެ ތާރީހީ ޖަލްސާގައި މިރޭ ދެ ރައީސުން ވެސް ވާހަކަ ދައްކަވާނެ!

މިއަދު ހެނދުނު ކުރީގެ ދެ ރައީސުންނާއެކު ތިނަދޫގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން ރައީސް ނަޝީދާއި ރައީސް ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިނަދޫ ސިޓީގައި މީހުން އާބާދުވިތާ 60 އަހަރު ފާހަގަކުރުމުގެ ގޮތުން މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވާހަކަ ދައްކަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިއަދު ފާހަގަކުރަމުންދާ ”އާބާދީ 60″ގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 ގައި ތިނަދޫ ސިޓީ ސްޓޭޑިއަމްގައެވެ. ޖަލްސާއަށްފަހު ”އާބާދީ 60“ގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ ހަވާއެރުވުމުގެ ހަރަކާތަކުންނެވެ.

އެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ތިނަދޫއަށް ދެ ރައީސުންވެސް ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ. ތިނަދޫއަށް ދެ ރައީސުން ވަޑައިގަތުމުން އެ ސިޓީން ވަރަށް ހޫނު މަރުހަބާއެއް ދެ ރައީސުންނަށް ވަނީ ދަންނަވައިފައެވެ.

ދުވަހުގެ ހަރަކާތްތައް ފަށާފައިވަނީ މިއަދު ހެނދުނު 6:00ގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތާއެކުއެވެ. އެ ރަސްމިއްޔާތުގައި މާލޭގެ ޖުމްހޫރީ މައިދާނުގައި ނަގާފައިވާ ދިދައާ އެއްވަރުގެ ގައުމީ ދިދައެއް ތިނަދޫގައި ވެސް ވަނީ ނަގައިފައެވެ. އެ ދިދަ ނެގީ ދިވެހި ފުލުހުންނެވެ.

މި މަހުގެ 20 ވަނަ ދުވަހު ހަރަކާތްތައް ފަށާފައިވަނީ ފުޅަނދު ބުރަކުންނެވެ. އެއަށްފަހު އިއްޔެ ވަނީ 60 ގަސް އިންދުމުގެ ހާއްސަ ޕްރޮގްރާމަކާއި ފެތުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ރޭ ސަޤާފީ ޝޯއެއް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، އެ ޝޯ ދެ ރައީސުން ވަނީ ބައްލަވާލައްވާފައެވެ. އޭގެ އިތުރުން، އިއްޔެ ވަނީ އެ ރަށް ކައިރީގައި އޮންނަ ކަފެނާއަށް ފަތާފާއި ދިޔުމުގެ ހަރަކާތެއް ބާއްވައިފައެވެ. މިއީ، އެ ރަށުން މީހުން ބޭލުމުން އެ ރަށުގެ ބައެއް ރައްޔިތުން ފަތާފައި ކަފެނާއަށް ދިޔަ ގޮތް ރަމްޒުކޮށްދިން ހަރަކާތަކެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެފައިވަނީ ”އާބާދީ 60“ ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން އެ ހަރާތްތައް މިހާރު ފެށިފައިވާއިރު، އެކި ރޭސްތަކާއި، ސާގާފީ ހަރަކާތްތަކާއި ކެއުންތައް ވެސް ހިމެނެއެވެ. ނަމަވެސް، އިއްޔެ މޫސުން ގޯސްވުމުގެ ސަބަބުންް ބައެއް ހަރަކާތްތައް ވަނީ ފަސްކޮށްފައެވެ.

ތިނަދޫން މީހުން ބޭލި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގެއްލި، ސަލާމަތްވި މީހުންގެ މުޅި ދިރިއުޅުން ފުނޑުފުނޑުވި ހާދިސާ، މިދިޔަ ސަރުކާރުގައި އުފެއްދި އިންތިގާލީ އިންސާފުގެ އޮފީހުން ވެސް ބެލިއެވެ. ނަމަވެސް، އެ މައްސަލައިގައި ވަކި ގޮތެއް ނިމިފައި ނުވެއެވެ.

ދެކުނުގެ ތިން އަތޮޅުން އުފެއްދި ”ސުވަދީބު ހަރަކާތް“ ކޮންޓްރޯލްކުރަން ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އޯޑަރަށް ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކުރީ ފެބްރުއަރީ 4، 1962 ގައެވެ. ނަމަވެސް، މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި ތިނަދޫ އަލުން ހަމަޖައްސައި މީހުން ބަދަލުވާން ފެށީ އޭގެ ހަތަރު އަހަރު ފަހުން، އޮގަސްޓު 22، 1966 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: