ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ކޮންޓްރެކްޓަރުން އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 10 އިންސައްތަ ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ކޮންޓްރެކްޓަރުން އަތުން ނަގާ ވިތުހޯލްޑިން ޓެކްސް 5 އިންސައްތައިން 10 އިންސައަަށް ބޮޑުކުރަން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ.

ވިތުހޯލްޑިން ޓެކްސް ބޮޑުކުރުމަށް ”އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު“އަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ޒަރީރެވެ.

މިއަދުގެ ޖަލްސާގައި އިސްލާހު ފާސްކޮށްފައިވަނީ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރެއިން 54 މެމްބަރުންގެ ވޯޓާއެކުއެވެ. އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އާއި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދެވެ.

އެ އިސްލާހުގެ މައިގަނޑު ބޭނުމެއްކަމަށް ބުނެފައި ވަނީ ރާއްޖޭގައި ކުރިއަށްދާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ވާދަކުރުމުގެ ފުރުސަތު، ދިވެހި ކުންފުނިތަކަށާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ބޭރުގެ ފަރާތްތަކަށް ހަމަހަމަކަމާއެކު ފަހިކޮށްދީ، އަދުލުވެރި ވިޔަފާރީގެ ވެއްޓެއް ގާއިމުކުރުމެވެ.

އިސްލާހު ފާސްވެފައިވާއިރު، ކުރިން ގާނޫނުގައި އޮންނަ 5 އިންސައްތައިގެ ބަދަލުގައި، އެފަދަ ފަރާތްތަކުން ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ދެން ދައުލަތަށް ދައްކަން ޖެހޭނީ ފައިސާގެ 10 އިންސައްތައެވެ.

މީގެ އިތުރުން، ރާއްޖޭގައި ދާއިމީ މަރުކަޒެއް ހިންގާ ނޮން ރެޒިޑެންޓް ފަރާތްތަކުން އެ ޓެކްސް ދެއްކުމުން، އެ އާމްދަނީއާ ގުޅިގެން ދައްކަންޖެހޭ ޓެކްސް ފުރިހަމަވީކަމަށް ބަލައި، ޓެކްސް ބިނާކުރެވޭ އާމްދަނީގެ ތެރެއިން އެ އަދަދު އުނިކުރުމާ ގުޅޭ އުސޫލުތައް އިތުރަށް ސާފުކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: