ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭރުގެ ބޮޑެތި އިންވެސްޓަރުން ޓެކުހަށް މަކަރު ހަދާ، ގާނޫނަށް ގެންނަ އިސްލާހާއެކު ދެން އެކަމެއް ނުކުރެވޭނެ: ފަލާހު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ބޮޑެތި އިންވެސްޓަރުން ޓެކްސް ދެއްކުމުގައި މަކަރު ހަދާ ކަމަށާއި މިހާރު އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވޭ އިސްލާހުގެ ސަބަބުން އެކަން ނުކުރެވޭނެކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށައަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ.

އެ އިސްލާހަށް ބަހުސް ކުރައްވަމުން ފަލާހު ވަނީ މައިގަނޑުގޮތެއްގައި ދެ ކަމެއް ފާހަގަކުރައްވާފައެވެ. އެގޮތުން، ފުރަތަމަ ކަމަކަށް އޭނާ ފާހަގަކުރެއްވީ އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވޭ އިސްލާހުތަކުގެ ސަބަބުން ދިވެހި ކޮންޓެކްޓަރުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި ދެވަނަކަމަކަށް ދިވެހިރާއްޖޭގެ ޓެކްސް ނިޒާމަށް ލިބޭ ފައިދާ ބޮޑުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ފާހަގަކުރެއްވީ އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ބޭރުގެ ބޮޑެތި ކޮންޓްރެކްޓަރުން ރާއްޖެ އައިސް ކުރާ އިންވެސްޓުތަކުގެ ތެރެއިން ވިތު ހޯލްޑިންގ ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޓެކްސްއަކީ 5 އިންސައްތަ ކަމެވެ. އެހެންނަމަވެސް މިހާރު ޤާނޫނު އޮތް ގޮތުން އެ ފަރާތްތަކުން މީރާއަށް ދައްކާ ފައިސާ ދެއްކުމަށްފަހު އެކި ގާނޫނީ ބާގަނޑުތައް ހޯދައިގެން ޓެކުހަށް މަކަރު ހަދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ކަންކަން އިސްލާހު ކުރުމަށް ޓަކައި އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނެވުނު އިސްލާހުގައި ވަރަށް ސާފުކޮށް އެފަދަ ކަންކަން ނުކުރެވޭނެކަމަށް ބަޔާންކޮށްފައިވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

”މީރާއަށް މި ދައްކަން ޖެހެނީ އެންމެ 5 ޕަސެންޓު. އެ 5 ޕަސަންޓުވެސް އޭތި މީތިކިޔާފައި ޤާނޫނުގެ 43 ވަނަ މާއްދާއާއި 44 ވަނަ މާއްދާ އޮތްގޮތުން އޭގެ ލޫޕްހޯލްތަކެއް ހޯދައިގެން އެ 5 ޕަސެންޓުވެސް އެބޭފުޅުން އެއަށްވުރެ އިތުރަށް މީރާއަށް ދައްކާފައި އެބަނަގައޭ. ގެއްލުމެކޭ އޭއްޗެކޭ މީއްޗެކޭ އަޅުވާ ކަނޑައިގެން. އިންވެސްޓަރުން ސަތޭކަ މިލިއަން ޑޮލަރަށް ރިސޯޓެއް ހަދައިފިނަމަ އެބޭފުޅުންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ 10 މިލިއަން ޑޮލަރު މީރާއަށް ދައްކާފަ.“ ފަލާހު

މިކަން ވަރަށް ސާފުކޮށް ޤާނޫނަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވާ އިރު އިދިކޮޅު ފަރާތްތަކުން ކަންކަން އޮޅުވާލައިގެން އެ ބިލަކީ ނުބައި ބިލެއްގެ ގޮތުގައި ކަނޑައަޅައި، އެ އިސްލާހުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ފައިދާއެއް ނުވާނެކަމަށް ބުނެ ވާހަކަ ދެއްކުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ބިލުގައިވާ އެއްޗެއް ރަނގަޅަށް ކިޔާފައި މަޖިލީހަށް ވަޑައިގެން ބަހުސްކުރުއްވުމަށް އޭނާ ގޮވާލެއްވިއެވެ.

”ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް މިސާލަކަށް ރިސޯޓެއް 100 މިލިއަން ޑޮލަރަށް ހަދާފައި މީރާއަށް 10 މިލިއަން ޑޮލަރު ދައްކަނީ. ބޭރު ކުންފުނިން އެ 10 މިލިއަން ޑޮލަރު ދައްކަން ނުޖެހޭތީ އެ 90 މިލިއަން ޑޮލަރަށް ހަދާދޭން އެދި ރިސޯޓު ހަދަން ބޭރު ކުންފުނިތަކަށް މިހާރު ޤާނޫނު އޮތްގޮތުން، މިހާރު މިގެނެވުނު އިސްލާހުގެ ސަބަބުން އެހެނެއް ނެހެދޭނެއޭ. ކަނޑައެޅިގެން ފިކްސްޑް ރޭޓެއް މިއޮތީ. 10 ޕަސެންޓު ދައްކާފައި ނޫނީ ބޭރު ކުންފުންޏަކަށް ދެނެއް ނުދެވޭނެ ފުރައިގެނެއް. ފަތިސް ނަމާދުކޮށްގެން މި ބިލު އެއްކޮޅުން އަނެއްކޮޅަށް ކިއުއްވާ އެހެންވީމަ،“ ފަލާހު

ފަލާހު އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ދެކޮޅަށް ވާހަކަ ދެއްކޭނެ އިސްލާހު ތަކެއް ހުއްޓަސް އާމްދަނީއިން ޓެކްސް ނެގުމުގެ ޤާނޫނަށް މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު ހުށައެޅުއްވި ބިލަކީ އެއްވެސް ވަރަކަށް އެއާއި ދެކޮޅަށް ވާހަކަ ދެއްކޭނެ ބިލެއް ނޫންކަމަށެވެ. އެހެންކަމުން އިދިކޮޅު ފަރާތްތަކުން ފަތިސް ނަމާދުކޮށް ނިންމައިގެން ބިލުގައިވާ އެއްޗެއް ރަނގަޅަށް ކިޔުމަށްފަހު މަޖިލީހަށް ވަޑައިގެން ބަހުސްކުރަން އޭނާ އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ އެ އިސްލާހަކީ ރާއްޖޭގެ ކޮންޓްރެކްޓަރުންނާއި ރާއްޖޭގެ މާލިއްޔަތަށާއި މިލްކިއްޔާތަށްވެސް ވަރަށް ބޮޑު ލާބައަކާއި މަންފާއެއް ލިއްބައިދޭނެ ބިލެއްކަމަށާއި އިދިކޮޅު ފަރާތްތަކަށް އެ ބިލާ ދެކޮޅަށް ނުތެދުވުމަށް ވަރަށް އާދޭހާއެކު ދަންނަވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: