ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ބުރަ މަސައްކަތުން ހޯދި ބާރު ސަރުކާރުން ފޭރިގެންފި: ޒިޔާދު

ވައިކަރަދު ދާއިރާގެ މެމްބަރު ހުސެން ޒިޔާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުން އަތޮޅުތެރޭގެ ރަށްރަށުގެ ރައްޔިތުންނަށް ލިބިދީފައިވާ ބާރުތައް މި ސަރުކާރުން ނިގުޅައިގަފައިވާ ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވީ، ކައުންސިލުތަކުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އަތުލެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅު ޕެޓިޝަނަށް ބަހުސްކުރައްވަމުންނެވެ.

ޒިޔާދު ވިދާޅުވީ، ރާއްޖޭގެ ވެރިކަން އެކި ނަންނަމުގައި ހިންގަމުން އައި ނަމަވެސް، ލާމަރުކަޒީ ނިޒާމަކީ އަތޮޅުތެރޭގެ ރައްޔިތުން ވަރަށް ބުރަ މަސައްކަތުން ހޯދި ބާރެއް ކަމަށެވެ. އަދި އެ ހައްޤު ރައްޔިތުންގެ އަތުން ފޭރިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މެންބަރު ޒިޔާދު ވިދާޅުވިއެވެ.

ކައުންސިލުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އަތުލެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅު ޕެޓިޝަނަށް ބަހުސްކުރައްވަމުން ޒިޔާދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މީގެ ކުރިން އަތޮޅުތެރޭގެ ރައްޔިތުންނަށް ބާރު ހޯދައިދޭން އެންމެ އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅުން ކަމަށެވެ. އެހެންނަމަވެސް އެ ހައްޤު ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންނަށް ލިބުމުން އެކަން ނިކަމެތި ރައްޔިތުންގެ އަތުން ފޭރިގަނެ މިއީ ފަހުރުވެރި ދުވަހެކޭ ބުނެ މަޖިލީހުގައި ވާހަކަތަކެއް ދެއްކުމުން އެއްވެސް ރައްޔިތަކު އިހުތިރާމު ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނެކޭ މިއަދު ނާލާފުށީ ފަގީރަކަށް ދިން ގެރިއެކޭ ކުޑަވެސް ތަފާތެއް ނެތްކަމަށް ވިދާޅުވެ އޭނާ ވަނީ ނުރުހުން ފާޅުކުރައްވައިފައެވެ. އަދި ރަށްރަށުގައި މަޝްރޫއުތައް ނުހިންގެނީ ކައުންސިލުތަކުން އެއްބާރުލުން ނުދޭތީތޯ އޭނާ ސުވާލުކުރެއްވިއެވެ.

”ލާމަރުކަޒީ ޤާނޫނެކޭ މިއަދު ނާލާފުށީ ފަގީރަކަށް ދިން ގެރިއެކޭ ކުޑަވެސް ތަފާތެއް ނެތް. ދިއްދޫގައި އެއާރޕޯޓު ނޭޅިގެން އުޅެނީ އެރަށު ކައުންސިލުން ހުރަސް އަޅާތީތޯ؟ ވައިކަރަދޫ ދަނޑުގައި ޓާރފް ނޭޅިފައި އެހެރީ ކީއްވެތޯ؟ ތިން އަހަރުވީ ކޮން ކައުންސިލަކުންތޯ ހުރަސް އަޅާނީ؟“ ޒިޔާދު

ޒިޔާދުވީ އިންސާނުންނަށް ވީތީވެ މަދު ކައުންސިލަކުން ހުރަސްއަޅާފާނެ ކަމަށެވެ. އަދި ގޮނޑި ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިސްލާހު ނުގެނައިނަމަ އެ ބިލަށް މަޖިލީހުގެ ރައީސްވެސް ތާއީދުނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ ދަށަށް އަކުރެއް ގެނެސް އިސްލާހުކުރުމުގެ ބޭނުމަކީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް އަޅުވެތިކުރައްވަންވެގެން ކުރެއްވި ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

”މިއީ ލައްކަ މަސައްކަތުން ރައްޔިތުން ހޯދި ހައްޤެއް ނިގުޅައިގަނެގެން މިއަދު މިދަނީ އިއްޒަތްތެރި ރައީސް ރިޔާސަތުގައި އިނަނަވަނިކޮށް، ހެޔޮނުވާނެ މިލާމަރުކަޒީ ޤާނޫނަށް ގެންނަ ބަދަލު އަވަހަށް އަނބުރާ ގެންދަވާ. މިއީ ކުރަން ހެޔޮވާވަރު ކަމެއްވެސް ނޫން“ ޒިޔާދު

މީގެ އިތުރުން ރައްޔުތިން ބުރަ މަސައްކަތުން ހޯދައިފައިވާ ހައްޤުތަކެއް ރައްޔިތުންގެ އަތުން ނިގުޅައިގެން ދަނީ އެބާރުގެ ދަށުން ކަމަށް މެމްބަރު ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީގެ 73 ވަނަ މާއްދާ އެހެން ރައީސަކު އިންތިޚާބުވާ ހިސާބުން އުވިގެންދާނެކަމަށް މެމްބަރު ވިދާޅުވިއެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނަށް ގެންނަން އުޅޭ ބަދަލުތައް އަނބުރާ ގެންދިއުމަށް މެމްބަރު ވަނީ އާދޭހާއެކު މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ.

 

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: