ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާތަނަށް 4500 ފަރާތަކަށް އެކި ކަންކަމުގައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ވަނީ ދެވިފަ

ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ފުލުހުން ދަނީ ވަކި އުސޫލެއްގެ ދަށުން ދޫކުރަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ހަލުވި ކަމާއިއެކު ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ފުރިހަމަ ކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސަސްކަތުގެ ދަށުން މިހާތަނަށް 4500 ފަރާތަކަށް އެކިއެކި ކަންކަމުގައި ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްިއން ބުނެފިއެވެ. 

އެގޮތުން 4500 ފަރާތަކަށް  ބޭރަށް ނިކުމެ ޒަރޫރީ ކަންކަން ފުރިހަމަ ކުރުމުގެ ހުއްދަ ދީފައިވާއިރު މިއަދު އެކަނި ވެސް 147 ފަރާތަކަށް ހުއްދަ ދީފައިވާ ކަމަށް ފުލުހުންގެ ތަރުޖަމާން އިޒްމިއާ ފޮނުއްވި މެސެޖުގައި ވަނީ ވިދާޅުބވެފައެވެ. 

އިޒްމިއާ ވިދާޅުވި ގޮތުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރަން ޖެހޭ އުސޫލްތަކާއި ހިލާފަށް އަމަލު ކުރ ި12 މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި މިހާތަނަށް އުސޫލްތަކާއި ހިލާފް ވެގެން 61 މީހަކު ފުލުހުންގެ ހައްޔަރުގައި ތިބިކަން އިޒްމިއާ ވަނީ ހާމަކުރައްވާފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަމަލު ކުރަން ޖެހޭ އުސޫލާއި ހިލާފް ވެގެން މިއަދު އެކަނި ވެސް 191  މީހަކު ޖުރިމަނާކޮށްފައިވާއިރު މިހާތަނަށް މުޅި ޖުމްލަ 819 މީހަކު ޖުރިމަނާކޮށްފައިވާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: