އިތުރު 6 މީހަކު ޕޮޒިޓިވްވެ ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 220 އަށް އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މިއަދު ކުރި ޓްވީޓެއްގައިވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
މި ގޮތުން، އެ އޭޖެންސީން ކުރި ޓްވީޓުގައި ބުނީ، އިތުރު 4 ދިވެއްސަކާއި، ބަންގްލަދޭޝްގެ ރައްޔިތެއްގެ އިތުރުން، ޕާކިސްތާނުގެ ރައްޔިތަކު ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

