ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުން ހިސާން ހުސައިން އިސްތިއުފާ ދެއްވައިފި

ތުޅާދޫ ދާއިރާގެ ކުރީގެ މެމްބަރު ހިސާން ހުސައިން.
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ. އިސްތިއުފާ ސިޓީގައި ހިސާން ވިދާޅުވެފައިވަނީ، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، އައު މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން ހިސާން ވަނީ ޕާޓީގެ ލީޑާޝިޕަށާއި މެންބަރުންނަށް އަރުވާފައެވެ. އަދި މަގާމުގައި ހިދުމަތްކުރުމަށް ލިބުނު ފުރުސަތުގައި ޕާޓީގެ އެންމެހާ ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އޭނާ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ހިސާންއަކީ އެމްޑީޕީގެ ގާނޫނީ އަދި ސިޔާސީ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2007 ވަނަ އަހަރު އެމްޑީޕީން އުފެއްދި ޝެޑޯ ކެބިނެޓުގެ ލޯ އެންޑް ޖަސްޓިސް މިނިސްޓަރުކަމާއި، އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ލީގަލް އެފެއާޒް ސެކްރެޓަރީކަމުގެ އިތުރުން ޕާޓީގެ ލީގަލް ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ. އަދި 19 ވަނަ މަޖިލީހުގެ ދައުރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި މަޖިލިސް ތަމްސީލުކުރައްވާ މެންބަރުގެ ގޮތުގައި ފަސް އަހަރު ދުވަހު އޭނާ ހިދުމަތް ކުރެއްވިއެވެ.

ހިސާން މަގާމުން އިސްތިއުފާ ދެއްވަފައިވާއިރު، ޖުލައި 24، 2024ގައި އެ މަޤާމަށް އައްޔަނުކުރެއްވީ، އޭރު ޕާޓީގެ ރައީސަކަށް ހުންނެވި އަބްދުالله ޝާހިދުގެ އިސްނެންގެވުމުގެ މަތިންނެވެ. ހިސާން އިސްތުއުފާ ދެއްވާފައިވާއިރު، އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންގެ މަޤާމުގައި ހުންނެވި އަހުމަދު އަބްދުﷲ އިއްޔެ ވަނީ އެ މަގާމުން އިސްތިއުފާދެއްވާފައެވެ.

އަހުމަދު އަބްދުﷲ އަކީ ޝާހިދުގެ އަރިސް ބޭފުޅަކަށްވާއިރު، ޝާހިދު ކުރިއަށްގެންދަވާ ކެމްޕޭނު ހަރަކާތްތަކުގެ އިސް ސަފުގައިވެސް އޭނާ އަންނަނީ އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: