ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮޒިޓިވް ވި ފަސް ސިފައިންގެ މީހުންގެ އެމްއެންޑީއެފް ގިނަ ކޮންޓެކްޓުންތަކެއް، ކޭކޭ އާއި ބީކޭ މީހުން ހިމެނޭ!

ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުން: ޑރ. އަބްރާހިމް އަފްޒަލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައިވާ ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށި އާ ކަޅުތުއްކަލާ ކޮށީގައި ތިބި ސިފައިންގެ ތެރެއިން މީހުން ހިމެނޭ ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ

މާލޭގައި ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވާ މީހުން އިތުރުވަމުންދާއިރު، އޭގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ހިމެނޭކަން ހާމަކޮށްފައިވަނީ މިއަދުގެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އަދި އެ މީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މައުލޫމާތުތައް ވެސް ވަނީ ހިއްސާކޮށްފައެވެ.

މި ކޭސްތަކާއި ގުޅޭގޮތުން ތަފްސީލު ދެއްވާ، ޑރ. އަބްރާހިމް އަފްޒަލް ވިދާޅުވީ ފަސް މީހުންނާއި ގުޅޭ ގިނަ ބަޔަކު ކޮންސެންޓްރޭޓް ކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުން މިހާރު ކަރަންޓީނުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޕޮޒިޓިވް ވެފައިވާ، ސިފައިންގެ ތެރޭގައި ބަންޑާރަ ކޮށި (ބީކޭ) ޕޮޒިޓިވްވި ސިފައިންގެ މީހަކާއި، ކަޅުތުއްކަލާ ކޮށި (ކޭކޭ) އިން ޕޮޒިޓިވްވި ދެ މީހަކު ހިމެނޭ ކަމަށެވެ. އަދި ބީކޭއިން ޕޮޒިޓިވްވި ސިފައިންގެ މީހާއާ ގުޅިގެން 48 މީހަކު މިހާތަނަށް ފާހަގަކުރެވިފައި ވާއިރު ކޭކޭއިން ޕޮޒިޓިވްވި ސިފައިންގެ ދެ މީހުނާ ގުޅޭ 46 މީހަކު ޓްރޭސް ކުރެވިފައިވާ ކަމަށެވެ.

ސިފައިންގެއިން ދެ ޕޮޒިޓިވް ވެފައިވާ ދެ މީހުންނަކީ، ކޮވިޑް ވިލެޖުގައި މަސައްކަތް ކުރަމުން ދިޔަ މީހުންނެވެ. އަދި އެ ދެ މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 23 މީހަކު ފާހަގަކޮށް ވަނީ އެކަހެރިކޮށްފައެވެ.

ސިފައިންގެ މީހުންގެ ކޮންޓްކެޓް ޓްރޭސިންއަށް އަދިވެސް މީހުން ފާހަގަކުރެވޭނެ ކަމަށް ބެލެވެއެވެ.

 ފްރަންޓްލައިންގައި މަސައްކަތްކުރާ ސަލާމަތީ ބާރުތަކާއި ސިއްހީ ހިދުމަތްތެރިންނާއި އަދި އެހެނިހެން އިދާރާތަކުގެ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްކަން ދޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. ސިފައިންގެ އާއި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރަމުން އަންނަ 600 އެއްހާ މީހުން ލޮކްޑައުންއަށް ފަހު ގެއަށް ނުދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: