ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ގޮވާލެއްވީ ބިން އަތުލުމާއި ޑޮލަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ ދެކޭ ގޮތް ހާމަކުރަން އިހުތިޖާޖަށް ނުކުންނަން!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑޮލަރުގެ މައްސަލައާއި އަދި ބިންއަތުމުގެ އިސްލާހާއި ގުޅިގެން ރައްޔިތުންގެ ހިޔާލު ހާމަކުރަން އިހުތިޖާޖަށް ނުކުންނަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.

ޕީއެންއެފްއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ، ޑޮލަރޭ ކިއުން ވެސް މަނާވެފައިވާކަން ރާއްޖޭގެ ކުދި ބޮޑު އެންމެންނަށް މިހާރު އެނގޭނެ ކަމަށެވެ. ޑޮލަރުގެ އަގު ”ފްލަކްޗުއޭޓް“ ވަނީ ނޫސްވެރިން ކުރާ ކަމަކުން ކަމަށް ސަރުކާރުން ބުނި ބުނުމަށް ރައްދު ދެއްވައި ޔާމީން ސުވާލު އުފެއްދެވީ، ޑޮލަރުގެ އަގު 7.30 ރުފިއާއަށް ހުރި ކަމަށް މާދަމާ ނޫހުގައި ޖަހައިފިނަމަ އެ އަގު ތިރިވެދާނެތޯއެވެ. ގާނޫނަކުން ޑޮލަރުގެ އަގު ހިފަހައްޓަން އުޅުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެއީ ގޯހެއް ކަމަށް ޔާމީން ވިދާޅުވިއެވެ.

ޑޮލަރުގެ މައްސަލައިގައި ޔާމީން އިތުރަށް ވިދާޅުވީ، އެންމެ ބޮޑަށް އެކަމުގައި އުނދަގޫތަކެއް ވާނީ ޓޫރިޒަމް ސިނާއަތަށް ކަމަށެވެ. އެ މައްސަލައިގައިވެސް ވަކިވަކި ރިސޯޓުތަކުން ބަޔާންތައް ނެރެ، އެ ގާނޫނަކީ ގަބޫލުކުރާ އެއްޗެއް ނޫން ކަމަށް ބުނަންޖެހޭ ކަމަށް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ގާނޫނަކުން އެފަދަ ކަންކަން ކުރަން އުޅޭކަމަށް ވާނަމަ އެއީ ހުދުމުހުތާރު ސިފަ އެއަށް ގެންނަން ކުރާ މަސައްކަތެއް ކަމަށެވެ. ރިސޯޓުތަކަކީވެސް ގިނަ މުއާމަލާތްތަކެއް ޑޮލަރުން ކުރާ ބައެއް ކަމަށާއި، އެހެންކަމުން އެކަމުގެ ކަންބޮޑުވުން އެންމެ ބޮޑަށް އޮންނާނީ ރިސޯޓުތަކަށް ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ޑޮލަރުގެ މައްސަލައިގެ އިތުރުން، ކައުންސިލުތަކުގެ ބިންތައް ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން އަތުލެވޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވައިފައެވެ. އެގޮތުން އެ މައްސަލައަށް ހައްލު ގެންނަން ފުރަތަމަ ވަންނަން ޖެހޭނީ ކޯޓަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅިގެން އެމަނިކުފާނު އިތުރަށް ވިދާޅުވީ، ބިމުގެ މައްސަލަ ހިފައިގެން ކޯޓަށް ދާއިރު، ރައްޔިތުން އެކަމުގައި ދެކެނީ ކިހިނެތްތޯ އެންމެންނަށްވެސް އެނގެން ޖެހޭ ކަމަށެވެ.

”ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތެއް. ރައްޔިތުން ތިބި ގޮތް ބުނަންޖެހޭ. އަޅުގަނޑު ބުންނަން އޮތް ވާހަކައަކީ ކޮންމެ ރަށްރަށުންވެސް ހުރިހާ ރައްޔިތުންވެސް މިކަމަށް އިހުތިޖާޖު ކުރައްވާފައި ކުށްވެރިކުރައްވަންވީ،“ ރައީސް ޔާމީން ވިދާޅުވިއެވެ.

އެކަން ކައުންސިލްތަކުން ކުރަން ފެށުމުން ހުރިހާ ރަށަކުންވެސް ކުރަން ފަށާނެ ކަމަށް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އޭރުން ގާނޫނުގައި ވަކި ގޮތަކަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އެކަން ކުރީ ރައްޔިތުންގެ ރުހުން ނުދީކަން ފަނޑިޔާރުންނަށް އެނގޭނެ ކަމަށެވެ.

ޔާމީން މިހެން ވިދާޅުވެފައިވާއިރު ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ އެތައް ދުވަހެއްގެ ދިރާސާތަކާއި ފަންނީ ލަފާގެ މަތިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކެއް ކަމަށާއި، އެ ބަދަލުތަކަށް އާންމު ރައްޔިތުންގެ ފުރިހަމަ ތާއީދު އެބައޮތްކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، އިގްތިސޯދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންނަ އިސްލާހުތަކާ މެދު ސިޔާސީ ގޮތުން އެކި ފަރާތްތަކުން ފާޑުކިޔުންތައް އަމާޒުކުރި ނަމަވެސް، މިއީ ގައުމުގެ ހައްގުގައި އަޅަން މަޖުބޫރުވެފައިވާ ފިޔަވަޅުތަކެއްކަން ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: