ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: ޕާކިސްތާނު މީހަކަށް އޮކްސިޖަން ގުޅައިގެން ފަރުވާދޭ ފަށައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކުރި ޕާކިސްތާނުގެ ރައްޔިތަކަށް އޮކްސިޖަން ގުޅައިގެން ފަރުވާދެމުންދާކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ދިނުމަށް އެންއީއޯސީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 2 މީހަކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި މީގެ ކުރިން ކޮވިޑަށް ޕޮޒިޓިވްވި މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އެއީ މިހާތަނަށް މިބައްޔަށް ރާއްޖޭން ޕޮޒިޓިވްވި އެންމެ އެންމެ އުމުރުން ދުވަސްވީ މީހާއެވެ. އުމުރުން 80 އަހަރުގެ އެމީހާއަކީ ކޮވިޑް-19 ގެ އިތުރުން އެހެން ބަލިތަކަކަށްވެސް ފަރުވާ ހޯދަމުންދާ މީހެކެވެ.

އެމީހާގެ އިތުރުން މިހާރު ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް-11 ގައި ފަރުވާ ދެމުން އަންނަނީ 68 އަހަރުގެ ދިވެހި އަންހެނަކާއި ފާކިސްތާނުގެ 48 އަހަރުގެ ފިރިހެނަކަށެވެ. މިތަނުން ޕާކިސްތާނު މީހާއަށް ފަރުވާދެމުން އަންނީ އޮކްސީޖެން ގުޅައިގެންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ ޕާކިސްތާނުގެ މީހާއަށް އޮކްސީޖެން ގުޅައިގެން ފަރުވާ ދެމުންދިޔަ ނަމަވެސް އޭނާ ހާލު ރަނގަޅު ކަމަށެވެ. އަދި ދެ ދިވެހިންގެ ޙާލުވެސް ރަނގަޅުކަމަށް ޑރ.އަފްޒަލް ވިދާޅުވިއެވެ.

ރާއްޖޭން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޕާކިސްތާނުގެ 2 މީހަކު ހިމެނެއެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ 106 މީހަކާއި، އިންޑިއާ 13 މީހެއްގެ އިތުރުން ސްރީލަންކާގެ 2 މީހަކު ހިމެނެއެވެ.

މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ 80 އަހަރުގެ މީހާ އަކީވަރަށް ގިނަ ބަލިތައް ތަހަމައްމަލުކުރަމުންދާ މީހެއްކަމަށް ޑޮކްޓަރުންވަނީ ވިދާޅުވެފައެވެ. އެގޮތުން އެމީހާއަށް ސްޓްރޯކެއްޖެހި 2 އަހަރު ދުވަސް ވަންދެން އެނދުގައި އޮންނަންޖެހުނުކަން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން އެމީހާއަކީ ހަކުރު ބައްޔާއި، ލޭމައްޗަށް ދިއުމާއި، ކޮލެސްޓްރޯލް މައްޗަށް ދިއުން ފަދަ ބަލިތަކާއި ކާއެއްޗެހިދާ ހޮޅީގެ މައްސަލަތަކެއް ދިމާވެ އެތައް ފަހަރަކު ނިއުމޯނިއާ ވެސް ޖެހިފައިވާ މީހެއް ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: