ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުން މުސާރަ ދިނުން ހުއްޓާލުމާ ދެކޮޅަށް ރިސޯޓު މުވައްޒަފުންގެ ޕެޓިޝަނެއް!

ވެލާނާ އެއާޕޯޓުގައި އެއާޕޯޓް ރެޕްތަކެއް މަޑުކޮށްލައިގެން. -ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި ބަދަލުތަކާއި އެކު، ޑޮލަރުން މުސާރަ ދިނުން ވަކި މުއްދަތަކަށް މަޑުޖައްސާލުމަށް ވިސްނުން ގެންގުޅޭކަމަށް ސަރުކާރުން ހާމަކޮށްފައި ވާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުންރިސޯޓު މުވައްޒަފުންގެ މެދުގައި ހާއްސަ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިސްނަގައިގެން މި ޕެޓިޝަންގައި ސޮއި ކުރަން ފެށިއިރު، ކެބިނެޓުގެ ބައެއް ވަޒީރުން ހިމެނޭ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަނަވަރު މުނައްވަރު ވިދާޅުވެފައި ވަނީ 2030 ވަނަ އަހަރުގެ ނިޔަލަށް ޑޮލަރުން މުސާރަ ދިނުން މަޑުޖައްސާލުމަށް ވިސްނަމުންދާކަމަށެވެ.

ސޯޝަލް މީޑިއާގައި ޓީމް އާންމު ކުރި ޕޯސްޓުގައި އެދިފައި ވަނީ، އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖަށް މި ޕެޓިޝަންގައި ސޮއި ކުރުމަށް ވަކިން މެސެޖެއް ކުރުމަށެވެ.

ބޭރު ފައިސާއާއި ބެހޭ ގާނޫނަށް ގެނައި އިސްލާހާއި އެކު ރިސޯޓުތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ޖުމްލަ 40 އިންސައްތަ ބޭންކުތަކަށް މާރު ކުރަންޖެހޭ ގޮތަށް ވަނީ ލާޒިމުކޮށްފަ އެވެ. މި އިސްލާހާއި ދެކޮޅަށް ބައެއް ފަތުރުވެރިކަމުގެ އިސް މީހުން ވެސް އަޑުއުފުލާފައިވާއިރު، ރިސޯޓުތަކުން ރުފިޔާއިން މުސާރަ ދޭގޮތަށް އުސޫލު ބަދަލުކޮށްފާނެކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

މި މައްސަލައިގައި ބަޔާނެއް އާންމުކޮށް ޓީމްއިން ބުނީ ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާއަށް މުވައްޒަފުންނަށް ބޭނުންވާ މިންވަރަށް ޑޮލަރު ގަންނަން ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތް ހާލަތެއްގައި، ޑޮލަރުން ލިބޭ މުސާރަ ރުފިޔާއަށް ބަދަލުކުރަން މަޖުބޫރު ކުރުމަކީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އަދި ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުގައި މުވައްޒަފުންގެ އެއްވެސް ކުށެއް ނެތްއިރު، އެކަމުގެ ބުރަ އެ މީހުންގެ ބޮލުގައި އެޅުވުމަކީ ބަލައިގަނެވޭނެ އިންސާފުވެރި އުސޫލެއް ނޫންކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޑޮލަރުގެ ދަތިކަން ހައްލުކުރުމުގެ ނަމުގައި މަސައްކަތްތެރިންގެ ހައްގުތަކަށް އުނިކަން ގެނައުމުގެ ބަދަލުގައި، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ދައުލަތުގެ ބަޖެޓުން ކުރާ އިސްރާފުތައް ހުއްޓުވުމަށްޓަކައި، ސިޔާސީ މަގާމުތައް މަދުކުރުމަށާއި، ހާރިޖީ ދާއިރާއިން ބޭރު ގައުމުތަކުގައި ހިންގާ އެމްބަސީތަކުގެ ހަރަދުތައް ކުޑަކުރުމަށް ވަނީ ގޮވާލާފައެވެ.

މީގެއިތުރުން، މި ދަނޑިވަޅުގައި ކޮންމެހެން ހިންގަން ނުޖެހޭ އަސާސީ ނޫން މަޝްރޫއުތައް ވަގުތީ ގޮތުން މަޑުޖައްސާލުމަކީވެސް އިގްތިސާދު ހަމަމަގަށް އެޅުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއްކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: