ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަގުމައްޗާއި އިމާރާތްތަކުގައި ސަލާމަތްތެރިކަން ޔަގީންކުރަން ރައީސް ގޮވާލައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަގުމައްޗާއި އިމާރާތްތަކުގައި ސަލާމަތްތެރިކަން ޔަގީންކުރަން އެންމެން ގުޅިގެން ފިޔަވަޅު އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ދެ ކުދިންގެ މަރުގެ ޚަބަރާއެކު މުޅި ގައުމަށް ވެސް ނުތަނަވަސްކަމާއި ހިތާމަވެރިކަން ވެރިވެފައިވާ ކަމަށެވެ. އެ ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެ، ރައީސް ވަނީ އެ ދެ ކުދިން ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަމުގައި ލެހެއްޓެވުން އެދި ދުޢާކުރައްވައިފައެވެ.

އެއަށްފަހު އެމަނިކުފާނު ވަނީ، މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު ޢާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖްތަމަޢު ގުޅިގެން ކުރަން ޖެހިފައިވާ ގައުމީ އަދި އިންސާނީ މަސައްކަތެއް ކަމަށް ވިދާޅުވެފައެވެ. ވަކިން ޚާއްޞަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރާއި ބެލްކަންޏާއި ރެއިލިން ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ނަފުސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގެގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން، ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކާއި އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްރާމުތައް ވަރަށް ރަނގަޅަށް އިންތިޒާމުކޮށް ކުރިއަށް ގެންގޮސްދިނުމަށް ރައީސް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: