ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ފަރުވާއަށް ޓްރީ ޓޮޕް ސަރުކާރަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮމިއުނިޓީ ސްޕެރެޑަކަށް ބަދަލުވެފައިވާ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ، އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުން ގިނަވަމުންދާތީ ޓްރީ ޓޮޕް ހޮސްޕިޓަލް ސަރުކާރަށް ދޫކުރަން ނިންމައިފިއެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ މާޗުމަހުގެ އެއްވަނަ ދުވަހު ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންތަކެއްގެ ހިއްސާވެގެން، 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) ޚަރަދުކޮށްގެން އެޅި ހޮސްޕިޓަލަކެވެ. މީ ގާތްގަނޑަކަށް 30،000  އަކަފޫޓުގެ ބިޔަ ބިލްޑިންގެއެކެވެ.

ޓްރީޓޮޕް ސަރުކާރާއި ޙަވާލުކުރުމަށް ނިންމީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީއެވެ. އަދި އެކަން މިހާރުވަނީ އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް އަންގާފައެވެ.

މިވަގުތު ކޮވިޑަށް ފަރުވާ ދޭ މީހުން އެޑްމިޓް ކުރަމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާ (ޑީއެޗް11) އެވެ. ނަމަވެސް ކުރިންވެސް އޮތީ ދަރުމަވަންތައަށް ބާރު ބޮޑުވާނަމަ ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އެ ހޮސްޕިޓަލާއި ސަރުކާރާ ދެމެދު މަޝްވަރާ ކުރެވި އެއްބަސްވުމަކަށް އާދެވިފައެވެ.

ރާއްޖޭން މިހާތަނަށް 400 އަށްވުރެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، އެ ބަލީގައި އެކަކުވަނީ ނިޔާވެފައެވެ. އަދި މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ ކެޕޭސިޓީ ހުރި ގޮތުން އެއްފަހަރާ އެޑްމިޑްކޮށްގެން ފަރުވާ ދެވެނީ ދިހަ މީހުންނަށެވެ.

ހެލްތު މިނިސްޓްރީން ކޮވިޑުގެ މައުލޫމާތު ހިއްސާކުރާ ޑޭޝްބޯޑުން އެނގޭ ގޮތުގައި މިހާރު ވެސް ޑީއެޗް-11 ގައި ފަސް މީހަކު އެޑްމިޓްކޮށްގެން ފަރުވާ ދެމުންދެއެވެ. އޭގެ ތެރޭގައި މި ބަލީގައި ނިޔާވި އަންހެން މީހާގެ ފިރިމީހާވެސް ހިމެނެއެވެ. އޭނާވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ޓްރީ ޓޮޕްގައި ކޮވިޑް-19 އަށް ފަރުވާދޭނެ ފެށުމާ އެކު އެތަނުގައި އިތުރު އެހެން ބަލިތަކާއި ޚިދުމަތްތައް ވަގުތީ ގޮތުން މަޑު ޖައްސާލާނެއެވެ. ތުރުކީގެ ޓާމާކްސް ކުންފުންޏާ ހަވާލުކޮށްގެން ހެދި ހޮސްޕިޓަލުގައި ހަ ބުރީގެ ގާތްގަނޑަކަށް 30،000 އަކަފޫޓުގެ ބިޔަ ބިލްޑިންގެއް ހިމެނެ އެވެ. ހޮސްޕިޓަލް ބިލްޑިންގުގެ އިތުރުން މުވައްޒަފުންގެ އެކޮމޮޑޭޝަނާއި ބަލި މީހުންގެ އާއިލާ މީހުން ތިބޭނެ އެކޮމޮޑޭޝަން އަދި ރެސްޓޯރަންޓަކާއި ފިހާރައެއް ހިމެނޭ 10،000 އަކަފޫޓުގެ ބިމެއްގައި އަށް ބުރީގެ ހޮޓަލެއް ވެސް ވަނީ ހަދައިފައިވެއެވެ.

ވަގުތީ ގޮތުން ޓްރީޓޮޕް ސަރުކާރާއި ޙަވާލުކުރާއިރު، އެ ހޮސްޕިޓަލުން ރަސްމީކޮށް މިކަމާއި ގުޅިގެން އެއްޗެއް ބުނެފައެއް ނުވެއެވެ. އަދި ސަރުކާރުންވެސް އަންނީ ”ކޮވިޑް-19 ވިލެޖު“ ނަމުގައި ޓްރީޓޮޕް ހޮސްޕިޓަލް ހުންނަ ސަރަހައްދުގައި ވަގުތީ ހޮސްޕިޓަލެއް ވެސް ހަދަމުންނެވެ. ނަމަވެސް އެތަނުގައި މަސައްކަތްކުރަމުން ދިޔަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމުން އެ މަސައްކަތްތައް ވަނީ މެދުކަނޑިފައެވެ.

ކޮވިޑް-19ގެ ހައި ރިސްކު މީހުންނަށް ފަރުވާދޭން ހަމަޖައްސާފައި ވަނީ ފަރުކޮޅުފުށީގަ އެވެ. އަދި ދަރުމަވަންތަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރާނީ ހާލު ސީރިއަސްވާ މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: