ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާބޯތަކެތީގެ މުދާ އަވަހަށް ކްލިއާވޭ، ނަމަވެސް އިތުރު ބައެއް މުދާ ބަލާ ބައެއް ފަރާތްތަކުން އައުން ލަސް: އެމްޕީއެލް

ވިޔަފާރި ބަނދަރުން، ކާބޯތަކެތީގެ ކޮންޓެއިނާ އަވަސް ސްޕީޑެއްގައި ކްލިއާވާކަމަށް އެމްޕީއެލްއިން ބުނުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވިޔަފާރި ބަނދަރުން، ކާބޯތަކެތީގެ ކޮންޓެއިނާ އަވަސް ސްޕީޑެއްގައި ކްލިއާ ވީ ނަމަވެސް، ބައެއް މުދާތައް ކްލިއާކުރުމަށް ވިޔަފާރިތަކުން އައުން މަދުވެފައިވާތީ ގޮންޖެހުންތަކާއި ދިމާވަމުން ދާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިންގް ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވޫ، ބައެއް ބާވަތްތަކުގެ މުދާތައް ކްލިއާ ކުރުމުގައި ދަތިތަކަކާއި ލަސްވުމެއް އެބަހުރި ކަމަށެވެ. މުދާތައް ކްލިއާ ނުވެ ދިގުލައިގެން ދިއުމުގެ ސަބަބުން އިތުރު އޮޕަރޭޝަންތަކަށް އޭގެ އަސަރު ކުރަމުން އަންނަކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ ބަރު މުދާ ހުރި ކޮންޓެއިނަރުތައް މިހާރުވެސް ބަނދަރުތެރޭ ގިނަވެފައިވާ ކަމަށެވެ.

މުދާ ގިނަވުމުގެ ސަބަބުން، ވަރަށް ބޮޑަށް ޖާގައިގެ ދަތިކަން ދިމާވަމުން އަންނަ ކަމަށް ޝާހިދު ވިދާޅުވިއެވެ. މުދާ ކްލިއާ ނުވާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ޝާހިދު ވިދާޅުވީ، ލޮކްޑައުންގެ ހާލަތު ހުރި ގޮތުން، ގިނަ ފަރާތްތަކަށް އެކަން ނުކުރެވުމެވެ. އަދި މުދާ ޑެމަރޭޖްއަށް ކޮންމެވެސް ވަރެއްގެ ލުއިތަކެއް އެމްޕީއެލްއިން ދީފައިވާތީ ވެސް އެކަން ދިމާވާކަމަށް އޭނާ ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 8:00 އިން ފެށިގެން، ހަވީރު 04:00 އާއި ހަމައަށް މުދާ ކްލިއާ ކުރެވޭނެ ކަމަށެވެ. އެހެން ކަމުން، މުދާ ކްލިއާ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަށް އެ މަސައްކަތްތައް ނިންމާދިނުމަށް އޭނާ އެދިވަޑައިގަތެވެ.

މީގެ އިތުރުން ޝާހިދު ވިދާޅުވި، ބައެއް ވައްތަރުގެ މުދާ ކްލިއާ ކުރުން ލަސް ކުރިނަމަވެސް، ކާބޯތަކެތި ވަރަށް އަވަހަށް ކްލިއާ ވާ ކަމަށެވެ. އެގޮތުން މިދިޔަ ހަފްތާގެ ތެރޭގައި އެކަނިވެސް 50 ކޮންޓެއިނަރު ކްލިއާ ވިކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: