ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗާގޯސްގެ މައްސަލައިގައި ރައީސް ދެއްވި ދައުވަތު ޔޫކޭއިން ގަބޫލެއް ނުކުރި: ”ރާއްޖެއާ ގުޅުން އޮތް ކަމެއް ނޫން“

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ---- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން ރަސްމީ މަޝްވަރާތައް ބޭއްވުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ފޮނުއްވި ދައުވަތު ގަބޫލުނުކޮށް، އެއީ ރާއްޖެއާ ގުޅުން އޮތް މައްސަލައެއް ނޫން ކަމަށް އެ ގައުމުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރަސްމީ މަޝްވަރާތަކަށް ރައީސް ދައުވަތު ފޮނުއްވީ އިނގިރޭސި ބޮޑުވަޒީރު، އެންޑްރޫ ބާންހަމްއަށް ބުދަ ދުވަހު ފޮނުއްވި ސިޓީފުޅެއްގައެވެ.

އެކަމާ ގުޅިގެން އެ ދައުވަތާ ގުޅިގެން ރޮއިޓާސްއަށް ފޮނުވި ބަޔާނެއްގައި އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި އެ ގައުމުން އެކި ކަންކަމުގައި ރާއްޖެއާ މަޝްވަރާކުރަމުންދާ ނަމަވެސް، ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު އޮތް ފަރާތަކާމެދު އުފެދިފައިވާ މައްސަލައަކީ އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެކެވެ.

ކުރީގެ ސަރުކާރުން 2022 ވަނަ އަހަރު ރާއްޖެއާއެކު މަޝްވަރާކުރުމުގެ ބަދަލުގައި، މޮރިޝަސްއާއެކު މި މައްސަލައިގައި މަޝްވަރާތައް ފެށީވެސް އެ ސަބަބަށް ޓަކައި ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ޔޫކޭގެ ފޮރިން އޮފީސް މިނިސްޓަރު ސްޓީވަން ޑޯޓީ ކުރިން ވިދާޅުވެފައިވަނީ، ޗާގޯސް ޖަޒީރާތަކުގެ ސިއާދަތީ ބާރު އޮތް ފަރާތަކާމެދު އުފެދިފައިވާ މައްސަލައަކީ ޔޫކޭއާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށާއި، އޭގެ ތެރޭގައި ދިވެހިރާއްޖެ ނުހިމެނޭ ކަމަށެވެ.

އިނގިރޭސި ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ރައީސް ވިދާޅެވެފައިވަނީ ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރެއްވުމާއެކު، ޗާގޯސްއާ ގުޅޭ ކަންކަމުގައި އިނގިރޭސިވިލާތާއެކު އިތުބާރު ހުރި، ބިނާކުރަނިވި ގުޅުމެއް ދެމެހެއްޓުމަށް ރާއްޖެއިން ބޭނުންވާ ކަމަށެވެ. އަދި ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭގޮތުން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު މާނަހުރި މަޝްވަރާތަކެއް ކުރިއަށް ގެންދިޔުން މުހިންމު ކަމަށާއި ދުނިޔޭގެ މަސްރަޙު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އައުވެ ބަދަހިވުމަކީ އިންޑިއާ ކަނޑުގެ ހަމަޖެހުމާއި ސަލާމަތަށް މަގުފަހިވާނެ ކަމެއް ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުލައި 26 ގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ތާރީހީ ހެކިތަކުން ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއްކަން ސާފުކޮށް އެނގެން އެބައޮތް ކަމަށާއި ޗާގޯސް ނުވަތަ ފޯޅަވަހީގެ ހަގީގީ މިލްކުވެރިންނަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި އެތަން ގައުމަކާ ހަވާލުކުރާނަމަ، ކުރަންޖެހޭނީ އޭގެ ހަގީގީ މިލްކުވެރިންނާ ކަމަށާއި އެއީ ދިވެހިރާއްޖެ ކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރާކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންނަމަވެސް، އެ ނޫން ގޮތަކަށް އެކަން ކުރާނަމަ، މިހާރު އޮތްގޮތަށް އެ ސަރަހައްދު އޮތުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް އެމަނިކުފާނު އެ ދުވަހު ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: