ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް“ ގެ ނަމުގައި ސަރުކާރުގެ އައު ކުންފުންޏެއް!

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޒަކާތު ހައުސް އިފްތިތާހު ކުރެއްވުމުގެ ރަސްމިއްޔާތުގައި/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަގުފު މަޝްރޫއުތައް ކުރިއަށްގެންދިއުމަށާއި، މިސްކިތްތައް ބިނާކޮށް ބެލެހެއްޓުމަށްޓަކައި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާވާ އައު ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން އާންމުކުރި މައުލޫމާތުތަކުގައި ބުނީ، ”މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް“ ގެ ނަމުގައި އެ ކުންފުނި ވުޖޫދަށް ގެނެސްފައި ވަނީ ދީނީ އެކިއެކި ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި މާލީ އެހީތެރިކަން ހޯދުމަށާއި، އިސްލާމީ ބިނާތައް ތަރައްގީ ކުރުމުގެ މަގްސަދުގައި ކަމަށެވެ.

ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަގުފު އިމާރާތްތައް ބިނާކުރުމާއި، އެ ތަންތަން މަރާމާތުކޮށް ހިންގުން ހިމެނެއެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް އެޅުމާއި، މިސްކިތްތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމުގެ އިތުރުން، ނަމާދުކުރާ ފަރާތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދާނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، އިސްލާމީ ޝަރީއަތުގެ ހަމަތަކަށް ފެތޭ ގޮތަށް ވިޔަފާރީގެ އެކި ހަރަކާތްތައް ހިންގައިގެން، ދީނީ ކަންކަމަށް ބޭނުންވާ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި ހޯދުމަކީ ވެސް ކުންފުނި އުފެއްދުމުގެ މުހިންމު ބޭނުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: