ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޤުފުގެ ނިޒާމަކީ އިގްތިސާދީ އަދި އިލްމީ ތަރައްގީގެ ވަރުގަދަ ބިންގަލެއް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ ވަގުފުގެ ނިޒާމަކީ މުޖުތަމައެއްގެ އިގްތިސާދީ ބިންގާ ވަރުގަދަކޮށްދީ، ފަރުދީ އަދި އިޖުތިމާއީ އެތައް މަންފާތަކެއް އާރާސްތުކޮށްދޭ މަތިވެރި އިލާހީ ހިކްމަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ، އިސްލާމީ ތާރީހުގައި ވަޤުފުގެ ސަބަބުން މުޖުތަމަޢުތަކަށް ގެނެސްދީފައިވާ ބޮޑެތި ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ރައީސް ވިދާޅުވީ، އިސްލާމީ އުއްމަތުގެ ކުރިއެރުމަށް ބަލާއިރު ފިކުރީ އަދި އިލްމީ ސިކުނޑިތައް ބިނާކުރުމުގައްޔާއި، ލައިބްރަރީތަކާއި އިސްލާމީ ބޮޑެތި މަރުކަޒުތައް ޤާއިމުކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ ވަގުފުގެ ޒަރީއާއިން ކަމަށެވެ.

މީގެއިތުރުން، އިސްލާމީ މުޖުތަމައުތަކުގެ އާންމު ބާއްޖަވެރިކަމަށް ބޭނުންވާ މާއްދީ އަދި މާނަވީ ހުރިހާ ފުރުސަތުތަކެއް ފަހިކޮށްދިނުމުގައި ވަގުފަކީ ނުހަނު ބޮޑު ނަފާއެއް ފޯރުކޮށްދީފައިވާ ވަސީލަތެއްކަން ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ދީނީ ކަންކަމަށް ކުރެވޭ ހޭދަ މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޒަމާނީ ފެންވަރަށް މިސްކިތްތައް ބިނާކުރުމާއި، އެ ތަންތަން އެކަށީގެންވާ ގޮތެއްގައި މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން، އިސްލާމީ ޝަރީއާ ހުއްދަކުރާ ވިޔަފާރީގެ އިންވެސްޓްމަންޓްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމުގެ ބޭނުންތެރިކަން ފާހަގަކުރެއްވި އެވެ.

ރައީސް މުއިއްޒު ވަނީ ”މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް ލިމިޓެޑް“ ގެ ނަމުގައި ސަރުކާރުގެ ހާއްސަ ކުންފުންޏެއް ވަނީ އުފައްދަވާފައެވެ.

މި ކުންފުންޏާ ގުޅޭގޮތުން މިރޭ ރައީސް ވިދާޅުވީ، ގައުމީ ވަގުފު ކުންފުނި ވެގެންދާނީ ދިވެހިރާއްޖޭގެ ދީނީ މައިދާނަށް އައު ދިރުމެއް ގެނެސްދޭނެ، އަދި ދިވެހިންގެ ހެޔޮކަމާއި ހޭދައިގެ ބުރަދަން ދައްކުވައިދޭނެ މުހިންމު ވަސީލަތަކަށް ކަމަށެވެ. އަދި މި ކުންފުންޏަކީ ގައުމީ، އިޖުތިމާޢީ އަދި އުމްރާނީ ވެށްޓަށް ލިބޭ ހާއްސަ ޒީނަތެއްގެ އިތުރުން، 2040 ވަނަ އަހަރާ ހަމައަށް ދާއިރު ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ ވަށާޖެހޭ މަސައްކަތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކުންފުންޏެއް ކަމުގައި ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: