ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސް ޕާޓީގެ މަތީ މަޖިލިސް ރަސްމީކޮށް ފަށައިފި

ޕީއެންސީގެ މަތީ މަޖިލިސް ރައީސް އިފްތިތާހުކޮށްދެއްވުން---ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް ރަސްމީކޮށް ފަށައިފިއެވެ.

މި މަހުގެ 18 ވާ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންގްރެސްގެ އިފްތިތާހީ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

އިފްތިތާހީ ޖަލްސާއަށް ފަހު ޕާޓީގެ އަސާސީ ގަވާއިދު އެކުލަވާލުމުގެ މަސައްކަތާއި ގައުމީ ތަރައްގީގެ މުހިންމު ދާއިރާތަކާ ގުޅޭގޮތުން ވަޒީރުންގެ ހާއްސަ ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

މި ސެޝަންތައް މިރޭ 20:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އަދި ކުރިއަށް އޮތް ސެޕްޓެމްބަރު 16 އަދި 17 ވަނަ ދުވަހު، ޕާޓީގެ ނައިބު ރައީސުންނާއި މަތީ މަޖިލީހަށް މެންބަރުން އިންތިހާބުކުރުން ކުރިއަށްދާނެއެވެ. މީގެއިތުރުން ވަޒީރުންގެ މައުލޫމާތު ދިނުމުގެ ސެޝަންތަކާއި، ޒުވާނުންނާއި އަންހެނުންގެ ހާއްސަ ހަރަކާތްތަކާއި، އަލަށް އެކުލަވާލެވޭ މަގާމުތަކުގެ އިގުރާރުވުމާއި، ޕާޓީގެ މުސްތަގުބަލުގެ ތަސައްވުރު ކަނޑައެޅުން ވެސް އޮންނާނެއެވެ.

މަގާމުތަކަށް ބޮޑު ވާދަވެރިކަމެއް

ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ މެންބަރުން ވަނީ ވާދަކުރުމަށް ނަން ހުށަހަޅާފައެވެ. އެގޮތުން ނައިބު ރައީސްކަމުގެ 6 މަގާމަށް 8 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އެ ބޭފުޅުންނަކީ:

  • މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު، އަސްމާ ރަޝީދު
  • ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް
  • ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު
  • ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް
  • މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު، އިބްރާހިމް ޝުޖާއު
  • މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު، ފާތިމަތު ސައުދާ
  • އެލްޖީއޭގެ ސީއީއޯ، މުހައްމަދު ނިމާލް
  • އިކޮނޮމިކް މިނިސްޓަރު، މުހައްމަދު ސައީދު

މީގެ އިތުރުން، ކޮންގްރެސްގެ މެންބަރުންގެ މަޖިލީހަށް އިންތިހާބުކުރާ މަގާމުތަކުގެ ތެރެއިން އަންހެން މެންބަރުންގެ 10 މަގާމަށް 22 ބޭފުޅަކު އަދި ޒުވާނުންގެ 7 މަގާމަށް 13 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. އަދި އާންމު މެންބަރުންގެ ގޮތުގައި އިންތިޚާބުކުރާ 18 މަގާމަށް 73 މެންބަރުން ވާދަކުރައްވާއިރު، ޕާޓީގެ އެކި ދާއިރާތަކުގެ ނުވަ މަގާމަކަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަން ޖެހޭ އަދަދަށެވެ.

މި ކޮންގްރެސް ފެށުމުގެ ކުރިން އިއްޔެ ރައީސް ވަނީ ޕާޓީގެ މަތީ މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުންނާއި، ޒުވާނުންގެ ރައީސުންނާއި، ކައުންސިލްތަކުގެ ރައީސުންގެ އިތުރުން އަންހެނުންގެ ރޫހުގެ ރައީސުންނާ ވަކިވަކިން ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ޕާޓީ ކުރިއެރުވުމަށާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި މެންބަރުންގެ ދައުރާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި، ބައިވެރިންގެ ފަރާތުން ހިޔާލާއި ކަންބޮޑުވުންތައް އަޑުއައްސަވާފައިވެއެވެ.

78،505 އަށް ވުރެ ގިނަ މެންބަރުންނާއެކު، ޕީއެންސީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރުން ގިނަ ސިޔާސީ ޕާޓީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: