ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިގައި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް އެންޑީއެމްއޭއިން ފަށައިފި

އައްޑޫ ސިޓީ ފޭދޫގެ 70އަށްވުރެ ގިނަ ގެއަށް ފެންވަދެގެން އެކިވަރުގެ ގެއްލުންތައް ލިބިއްޖެ / ފޮޓޯ: އެންޑީއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި ހަތަރު ދުވަހު މުޅި ރާއްޖެއަށް ކުރި ވިއްސާރައިގައި  ހާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އެންޑީއެމްއޭ އިން ހާމަކުރި ގޮތުގައި މި ވިއްސާރައިގައި އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ އިތުރުން ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ނަމަވެސް މިހާރު މޫސުން ރަނގަޅުވަމުން އަންނަކަމަށާއި، މެދުކެނޑުނު އަސާސީ ހިދުމަތްތައް އަލުން ފެށި، ހާލަތު އާންމުވަމުންދާ ކަމަށް އެ ރަށްރަށުގެ ކައުންސިލްތަކާ ހަވާލާދީ އެ އޮތޯރިޓީން ބުނެފައިވެއެވެ.

މި ވިއްސާރައިގައި ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި، ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ހުރިހާ ފަރާތްތަކެއް ގުޅިގެން މިހާރު ފަށާފައިވާކަމަށާއި އަދި ދިރިއުޅުމަށް ދަތިވެގެން ވަގުތީގޮތުން އެހެން ތަންތަނަށް ބަދަލުކުރެވުނު ޢާއިލާތައް އަނބުރާ އެމީހުންގެ ގެދޮރަށް ބަދަލުވުމުގެ އިންތިޒާމުތައްވެސް ހަމަޖައްސަމުންދާކަމަށް އެއޮތޯރިޓީންވަނީ ބުނެފައެވެ. މީގެއިތުރުން، ފެންބޮޑުވުމުގެ ސަބަބުން ބައެއް ރަށްރަށުގެ ނަރުދަމާ ނިޒާމަށް ދިމާވި މައްސަލަތައް ޙައްލުކުރެވި، ޚިދުމަތް މިހާރު ވަނީ ގާތްގަނޑަކަށް ޢާންމު ޙާލަތަކަށް ގެނެވިފައިކަމަށްވެސް އެއޮތޯރިޓީންވަނީ ބުނެފައެވެ.

ރަށްރަށުގެ ޙާލަތު އާދައިގެ ދިރިއުޅުމަކަށް ރުޖޫޢަވަމުންދާއިރު، ގެއްލުން ލިބުނު ގެތައް ސާފުކުރުމާއި ގެއްލުންތަކުގެ ތަފްސީލު ހޯދުމުގެ މަސައްކަތް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްދާކަމަށް އެއޮތޯރިޓީންވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި، ވިއްސާރައިގައި ލިބުނު ގެއްލުންތައް ވަޒަންކުރުމަށްފަހު ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަން ވިލަރެސްކޮށް ފޯރުކޮށްދެމުން ގެންދާނެކަމަށްވެސް އެއޮތޯރިޓީންވަނީ ބުނެފައެވެ.

މީގެ އިތުރުން، ޕެސިފިކް ކަނޑުގައި އުފެދިފައިވާ ’އެލްނީނޯ‘ ގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރު ބޮޑުވާނެކަމަށް ލަފާކުރެވިފައިވާތީ، ވިއްސާރަ ފެށުމުގެ ކުރިން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމީ އިންޒާރުތައް ކުރިން ދެވިފައިވާނެކަމަށާއި އަދި އެ އޮތޯރިޓީން އޮތީ މިފަދަ ކާރިސާއަކަށް ތައްޔާރުވެފައި ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފައެވެ. މެޓް އޮފީހާ ހަވާލާދީ އެ އޮތޯރިޓީން ބުނެފައިވަނީ މިހާރު ކުރަމުންދާ ވިއްސާރަ ބުރާސްފަތި ދުވަހުން ފެށިގެން އެއްކޮށް އަލިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ހަފުތާގައި މުޅި ރާއްޖެއަށް ކުރި ހުޅަނގު މޫސުމުގެ ވިއްސާރައިގައި އައްޑޫ ސިޓީ ފޭދޫގެ 70 އަށް ވުރެ ގިނަ ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވެއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: