ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޭގައި އިނދެގެން ސިޔާސީ މަސައްކަތެއް ނުކުރެވޭނެ، އެކަން ކުރެވޭނީ މަގުމައްޗަށް ނިކުމެގެން: އަބްދުއްރަހީމް

އަބްދުއްރަހީިމް އަބްދުﷲ ޕީއެންސީގެ ކޮންގްރެސްގައި -- ފޮޓޯ:ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގޭގައި އިނދެގެން ސިޔާސީ މަސައްކަތް ނުކުރެވޭނެ ކަމަށާއި އެކަން ކުރެވޭނީ މަގުމައްޗަށް ނިކުމެ މީހުންނާއި ވާހަކަ ދައްކައިގެން ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސް ހުޅުވުމުގެ ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރެވޭނީ މަގުމައްޗަށް ނިކުމެގެން ކަމަށާއި، ކަނޑުމައްޗަށްވެސް އަރައި، ރަށްރަށަށްވެސް ގޮސް އަދި ބަދިގެއަށްވެސް ވަދެގެން ކަމަށެވެ. އެކަން ކުރެވޭނީ މީހުންނާއި ވާހަކަ ދައްކައިގެން ކަމަށާއި، މީހުންނަށް ހިތްހެޔޮވެ، ކޮންމެ މީހަކާއި ވެސް ވާހަކަދައްކާލެވޭ ހިސާބުގައި ހުރެގެން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިއަދު ފެންނަނީ އޭގެ ނަތީޖާ ކަމަށާއި، ރައްޔިތުންނާއި ގާތުން ހިދުމަތް ކުރުމުގެ ނަތީޖާ ފެންނަނީ ކޮންގްރެސް ޕާޓީން ކަމަށާއި، ރަށްރަަށަށް ގޮސް ރައްޔިތުންގެ ކަންބޮޑުވުން އަޑު އަހައި، އެ ރައްޔިތުންގެ ކަންބޮވުންތަކަށް ހައްލު ގެނައުމަށް މަސައްކަތް ކޮށްގެން ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް ޕާޓީއަކީ ނަމޫނާ ޕާޓީއެއް ކަމަށާއި ރައްޔިތުންގެ އަޑު އަހާ ޕާޓީއެއް ކަމަށެވެ.

”އެއްވެސް ވެރިއަކު ކޮންގްރެސްގެ ބައިވެރިންނާއި ބައްދަލުކުރެއްވި ވެރިއަކު ތިބޭފުޅުން ތަޖުރިބާ ކުރެއްވިމުތޯ؟ ނުކުރައްވާނެ. އަޅުގަނޑު މިއީ މި ފިކުރުގައި ޑީއާރުޕީގެ ދެ ކޮންގްރެސް، ޕީއޭގެ ދެ ކޮންގްރެސް، ޕީޕީއެމް ދެ ކޮންގްރެސް އަދި ޕީއެންސީގެ 2 ކޮންގްރެސް މި ތަޖުރިބާ ކުރަނީ. އަޅުގަނޑު ނުދެކެން ކޮންގްރެސްއަސް ވަޑައިގެން އެ ބޭފުޅުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ޕާޓީ ހިންގެވުމުގައި ހިޔާލާއި މަޝްވަރާތައް އަޑުއައްސަވާ ދެވަނަ ވެރިއަކު އަޅުގަނޑުގެ ހަޔާތުގައިވެސް ނުދެކެން“

އަބްދުއްރަހީމް ވިދާޅުވީ ނުގެންގުޅުއްވީ ދެހިޔާލެއް، ދެ ފިކުރެއް، ދެ ވިސްނުމެއް ކަމަށާއި ހަމައެކަނި ބަލަންވީ ކޮންގްރެސްގެ ލޯގޯއަށް ކަމަށެވެ. އަދި ބަލަންވީ ރައީސް މުއިއްޒުގެ ސިޔާސަތަށް ކަމަށާއި، ރައީސް ވެރިކަމާއި ހަވާލުވިއިރު ގައުމުގެ އިގްތިސޯދު އޮތީ އިނދަޖެހިފައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ ރައީސް ނަޝީދުގެ ބަހުން ދަންނަވާނަމަ ލިބުނީ ދަރަނީގެ ރަޝީދެއް ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ދަރަނި ދައްކަމުން އަސާސީ ހިދުމަތްތަކަށް ބުރޫ އެރިއަ ނުދީ، ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާތީ އެކަމާއި މެދު ފިކުރުކޮށް ވިސްނަން ޖެހޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރައީސް މުއިއްޒުއަށް ދެވަނަ ދައުރެއް ދޭންޖެހޭ މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: