ޕީއެންސީގެ މެމްބަރުންގެ މަޖިލީހަށް 18 މެމްބަރަކު އިންތިހާބުކޮށްފި އެވެ.
ސޯޝަލް ސެންޓަރުގައި ކުރިޔަށް ގެންދާ، ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ އެކި މަގާމުތަކަށް މެމްބަރުން ވަނީ އިންތިހާބުކޮށްފަ އެވެ.
އެގޮތުން މެމްބަރުންގެ މަޖިލީހަށް 73 ކެންޑިޑޭޓަކު ވާދަކުރި އެވެ. މި މަގާމަށް އިންތިހާބު ކުރީ 18 މެމްބަރުންނެވެ.

