ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލްތަކުގެ ދައުރު ދިގު ދެންމުމަށް ހުށަހެޅި ބިލަށް އޭޖީގެ ލަފަޔަކަށް އިދިކޮޅު ކޯލިޝަނުން އެދިއްޖެ

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އާ ކައުންސިލަރުން އިންތިހާބު ކުރެވެން ދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދިގުދެމިގެންދާ ގޮތަށް ރައްޔިތުންގެ މަޖިލީޙުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް  ހުށަހަޅާފައިވާ ވަގުތީ ގާނޫނުގެ ބިލަށް އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތުގެ ލަފަޔަކަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީ ކޯޅިޝަނުން އެދިއްޖެއެވެ. 

ހަސަން ލަތީފް ހުށަހެޅުއްވި ބިލަށް އޭޖީގެ ލަފަޔަކަށް އެދިވަޑައިގެން އިދިކޮޅު ކޯލިޝަނުން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތުއަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީޙަށް ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލް 2020 އަކީ ގާނޫނުއަސާސީއާއި ހިލާފް ބިލެއް ކަމަށް އެ ކޯލިޝަނުން ދެކޭ ކަމަށެވެ. އަދި ގާނޫނުއަސާސީގައި ކައުންސިލްތަކުގެ ދައުރު ކަނޑައެޅި ބަޔާންކޮށްފައި ވަނިކޮށް މަޖިލީޙުން ފާސްކުރާ އާންމު ގާނޫނަކުން އެކަން ކުރެވިދާނެ ކަމަށް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ނުދެކޭ ކަމަށް ވެސް ސިޓީގައި ވަނީ ބުނެފައެވެ. 

ޕީޕީއެމް، ޕީއެންސީގެ ސިޓީގައި ބުނެފައިވާ ގޮތުގައި ގާނޫނުއަސާސީއާއި ހިލާފަށް ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ކަމެއް ރައްޔިތުންގެ މަޖިލީޙުން ފާސްކުރާ އާންމު ގާނޫނަކުން ބަދަލު ކުރުމަކީ އޭގެ ނޭދެވޭ އަސަރު ރާއްޖޭގެ ދުސްތޫރީ ނިޒާމަށް ކުރާނެ ކަމެއް ކަމެކެވެ. އެހެން ކަމުން ގާނޫނުއަސާސީގައި ބަޔާންކޮށް ކަނޑައަޅާފައިވާ ކަމެއް ގާނޫނަކުން ބަދަލު ކުރާއިރު ދައުލަތުގެ ބަންޑާރަނައިބުގެ ހައިސީއްޔަތުން ގާނޫނީ ލަފައެއް ދޭން ޖެހޭ ކަމަށް ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން ދެކޭ ކަމަށް އޭޖީއަށް ފޮނުވި ސިޓީގައި ވަނީ ބުނެފައެވެ. 

މީގެއިތުތުން ގާނޫނުއަސާސީއާއި ހިލާފަށް ބަޔަކު މީޙުން ކަމެއް ކުރަމުންދާނަމަ އެކަމުގައި އަމަލު ކުރަން ޖެހޭނެ ގޮތެގެ ލަފަޔަކަށް ވެސް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ވަނީ އެދިފައެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: